ލޫކާސް ލިޔުއްވި އިންޖީލް
މިފޮތާއި ބެހޭ ގޮތުން ދެތިން ބަހެއް
މިފޮތަކީ ކީރިތި ޚަބަރުފުޅުގެ ހަތަރު ފޮތްކޮޅުގެ ތެރެއިން އެއްފޮތްކޮޅު ކަމުގައިވާ ލޫކާސްގެ ދިވެހި ތަރުޖަމާއެވެ. ކީރިތި ޚަބަރުފުޅުގެ ހަތަރު ފޮތްކޮޅަކީ އީސާގެފާނާއި ބެހޭ ހުރިހާ ޚަބަރުފުޅުތަކެއް އެކަންތައްތައް ފެށުނީއްސުރެ ނިމެންދެން ލޮލުން ދުށް އެކަލޭގެފާނުގެ ހުރިހާ އަސްޙާބީންނާއި އަދި އެކަލޭގެފާނުގެ އެންމެ ގާތް ޚާއްސަ ބާރަ އަސްޙާބީން ދެއްވި ހެކިތަކުގެ މަތިން ލިޔެވިފައިވާ ހަތަރުފޮތްކޮޅެވެ. މިފޮތްކޮޅުތައް ލިޔެވުނީ އީސާގެފާނު ދެއްވި އުފާވެރި ދިންނަވާނޭ ޚަބަރުފުޅު އެންމެހައި މީސްތަކުންނަށް އެންގުމަށްޓަކައެވެ.
މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވާނެ އަލްމަސީޙު ދުނިޔެއަށް ވަޑައިގަންނަވާނެކަން އިހުޒަމާނުގެ އެތައްއެތައް ރަސޫލުންނާއި ނަބީބޭކަލުންނެއް މެދުވެރި ކުރައްވާ މާތްރަސްކަލާނގެ އެކަލާނގެ ވަޙީބަސްފުޅުން ވަނީ އަންގަވާފައެވެ. އެކަލާނގެ ވަޙީކުރައްވާ އަންގަވާފައިވީ ފަދައިން މިކަން ހިނގާދިޔައީ މީގެ ދެހާހެއް ހާ އަހަރުކުރިންނެވެ. އީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ ކުޑަދުވަސްކޮޅެއް ކުރިން މާތްރަސްކަލާނގެ ރަސޫލުބޭކަލެއް ކަމުގައިވާ ޔަޙުޔާގެފާނު މެދުވެރިކުރައްވާ މީސްތަކުންނަށް އަލްމަސީޙު ދުނިޔެއަށް ވަޑައިގަންނަވާކަން އިޢުލާން ކުރެއްވިއެވެ. ޔަޙުޔާގެފާނު މީސްތަކުންނަށް ފާފައިގެ ދިރިއުޅުމުން އެނބުރި ތައުބާވެ، ތައުބާގެ ހިނައިގަތުމުން ހިނައިގަތުމަށް ގޮވާލެއްވިއެވެ. އީސާގެފާނު ދުނިޔެއަށް އުފަންވީ އެހެން ހުރިހާ އިންސާނުންނާއި ތަފާތުގޮތެއްގައެވެ. އެކަލޭގެފާނު ދުނިޔެއަށް އުފަންވީ މަތިވެރި މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ބާރުންނެވެ. އެހެން ކަމުން އެކަލޭގެފާނުގެ ލަޤަބުފުޅަކީ މާތްރަސްކަލާނގެ ދަރިކަލުންނެވެ.
އީސާގެފާނު ދުނިޔެއަށް ވަޑައިގެންނެވި އިރު ބަނީއިސްރާއީލުގެ ވެރިކަން ވަނީ ރޯމުގެ ސަރުކާރުގެ އަތްދަށުގައެވެ. ނަމަވެސް ދީނީ ކަންތަކާއި ބެހޭ ހުރިހާ ބާރެއް އޭރުވެސް ވަނީ ބަނީއިސްރާއީލުގެ އުއްތަމަ އިމާމާއި ދީނުގެ ދަންނަބޭކަލުންގެ އަތްމަތީގައެވެ. އެމީހުން ވެސް ތިބީ އަލްމަސީޙުގެ އިންތިޒާރުގައެވެ. ނަމަވެސް އެމީހުން ހީކޮށްގެން ތިބީ އަލްމަސީޙު ދުނިޔެއަށް ވަޑައިގެން ބަނީއިސްރާއީލު ރޯމުގެ އަތްދަށުން ސަލާމަތް ކުރައްވާނެ ކަމުގައެވެ. އެއީ އެކަލޭގެފާނު ވަޑައިގެން މީސްތަކުން މިންޖުކުރައްވާނެ ކަމަށާއި އަދި އެކަލޭގެފާނުގެ ވެރިކަމަށް ދުވަހަކުވެސް ނިމުމެއް ނުވާކަމުގައި މާތްރަސްކަލާނގެ ވަޙީބަސްފުޅުން އަންގަވާފައިވާތީއެވެ.
އެކަލާނގެ ވަޙީ ބަސްފުޅުގައި ވީފަދައިން އީސާގެފާނު ވަޑައިގެން މީސްތަކުންނަށް ފާފައިން މިންޖުވެވޭނެ މަގުތަނަވަސް ކޮށްދެއްވިއެވެ. އީސާގެފާނު ސަލީބުގައި އަނިޔާލިބި އެކަލޭގެފާނުގެ ލޭފޮދު އޮހޮރާ އަވަހާރަވެ ދިޔައީ މުޅި އިންސާނީ ދަރިފަސްކޮޅުގެ ފާފައިގެ އަގުދެއްކެވުމަށްޓަކައެވެ. އަދި އެކަލޭގެފާނު އަވަހާރަވީތާ ތިންވަނައަށް ވީ ދުވަހު އަލުން ދިރި ދުނިޔެއަށް ވަޑައިގެންނެވިއެވެ. އަދި އޭގެދުވަސްކޮޅެއް ފަހުން އެކަލޭގެފާނު އުޑަށް އުފުއްލެވުނެވެ. އަދި އިންސާނާގެ ދަރިކަލުންގެ މަތިވެރި ކަމާއި ކީރިތިކަމުގައި އަލުން އެނބުރި މިދުނިޔެއަށް ވަޑައިގަންނަވާނެ ކަމުގައި އެކަލޭގެފާނު ވިދާޅުވިއެވެ. އާނއެކެވެ. ހަމަކަށަވަރުން ވެސް އީސާގެފާނުގެ ވެރިކަމަކަށް ދުވަހަކުވެސް ނިމުމެއް ނުވެއެވެ.
އީސާގެފާނު އެނބުރި ވަޑައިގަންނަވާ ދުވަސް ވާނީ މާތްރަސްކަލާނގެ ރަސްކަންފުޅުގެ ދުވަސްކަމުގައެވެ. އެދުވަހުން އެކަލާނގެ ރަސްކަންފުޅުގައި ހިމެނޭ އެންމެންނަށް ބާއްޖަވެރިކަމާއި އުފާވެރިކަން ހުއްޓެވެ. އެއީ އެދުވަހުން އެކަލާނގެ ރަސްކަންފުޅުގައި ވާ ބޮޑުކެއުމުގައި އެމީހުންނަށް ބައިވެރިވުމުގެ ފުރުސަތު އެކަލާނގެ ދެއްވާނެތީވެއެވެ. އަދި އެދުވަހުން އީސާގެފާނުގެ ބަސްފުޅުތަކަށް އީމާންވެ އެބަސްފުޅުތަކުގައިވާ ފަދައިން އަމަލުކޮށް ދުނިޔޭގައި އުޅުނު މީހުންނަށް އެކަލޭގެފާނުގެ އަރިހަށް އައުމަށް އެކަލޭގެފާނު ގޮވާލައްވާނެތީއެވެ. އަދި އެމީހުންނަށް ނިމުމެއް ނުވާ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެތީއެވެ. މިއީ މާތްރަސްކަލާނގެ ވަޙީބަސްފުޅުމެދުވެރިކޮށް ކުރައްވާފައިވާ ވަޢުދުފުޅެވެ. އެމީހެއްގެ ހިތުގައި މާތްރަސްކަލާނގެ ރަސްކަންފުޅުގެ ވެރިކަން ހިނގުމަށް ބޭނުންވާ ކޮންމެ މީހަކުމެ އީސާގެފާނުގެ ނަންފުޅުގައި ތެދުހިތުން އެމީހެއްގެ ފާފަތަކަށް ތައުބާވެ ދުޢާކުރުމުން މާތްރަސްކަލާނގެ އެކަލާނގެ މާތްރޫޙުފުޅު އެމީހަކަށް ދެއްވާނެއެވެ. އަދި އެ މާތްރޫޙުފުޅު އެމީހާއަށް އިންސާނުންގެ އަދާވަތްތެރިޔާ އިބިލީހުގެ ވަސްވާސްތަކުގެ ސަބަބުން ފާފަވެރިކަމުގެ ތެރެއަށް ވެއްޓި ހަލާކުގެ މަގުން ނުދިއުމަށް އެހީތެރިވެދެއްވާނެއެވެ. އަދި އީސާގެފާނުގެ ބަސްފުޅުތައް ގަބޫލުކުރާ ކޮންމެ މީހަކުމެ އަބަދުގެ އަބަދަށް ނިމުމެއް ނުވާ ދުނިޔޭގައި ދިރިހުންނާނެއެވެ.
މިފޮތަކީ މާތްރަސްކަލާނގެ ދުނިޔެއަށް ފޮނުއްވި އެންމެ އުފާވެރި ޚަބަރު ލިޔެވިގެންވާ ފޮތެވެ. އަދި ހެޔޮހިތުން ތައުބާވެ ތައުބާގެ ހިނެވުމުން ހިނައިގަނެ އީސާގެފާނުގެ ބަސްފުޅުތަކަށް އީމާންވެ ކަމޭހިތާ އެބަސްފުޅުތަކާއި އެއްފަދައިން ހިތާއި އަމަލުން ކަންކުރާ ކޮންމެ މީހަކީ އީސާގެފާނުގެ އަސްޙާބީއެކެވެ. އަދި އެފަދަ ކޮންމެ މީހަކީ މާތްރަސްކަލާނގެ ރަސްކަންފުޅުގައި ހިމެނޭ މީހެކެވެ. މާތްރަސްކަލާނގެ އީސާގެފާނު މެދުވެރި ކުރައްވާ އަހަރެމެންނަށް ދިންނެވޭނޭ މަގު ތަނަވަސް ކޮށްދެއްވިއެވެ. ނަމަވެސް މި މަގު ޚިޔާރު ކުރުމާއި ނުކުރުމުގެ މިނިވަންކަން ވެސް މާތްރަސްކަލާނގެ ވަނީ އަހަރެމެންނަށް ދެއްވާފައެވެ. އަޅުގަނޑުމެންގެ ދުޢާ އަކީ މިފޮތް ކިޔުމަށް ފަހު ތިޔައެންމެހާ ކިޔުންތެރިވެސް އެމީހެއްގެ ފުރާނަ ނިމުމެއް ނުވާ އަލިފާނުގެ ތެރެއަށް އެއްލާލެވުނަނުދީ މިންޖުކުރުމެވެ. އަދި އިންސާނާގެ ދަރިކަލުން އެކަލޭގެފާނުގެ ކީރިތިކަމާއި ފުރިހަމަ ބާރުފުޅާއި އެކު އެނބުރިވަޑައިގަންނަވާ ދުވަހު އެކަލޭގެފާނުގެ ރަސްކަމުގައި ތިޔައެންމެހާ ކިޔުންތެރިން ވެސް ހިމެނުމެވެ. އަދި ސުވަރުގޭގެ ފޮތްކޮޅުގައި ތިޔައެންމެހާ ކިޔުންތެރިންގެ ނަންލިޔެވިގެން ވުމެވެ.
1
އީސާގެފާނާއި ބެހޭގޮތުން ލޫކާސް ތިޔޯފިލުސްއަށް ލިޔުއްވި ސިޓީފުޅު
އިއްޒަތްތެރި ތިޔޯފިލުސްގެ ތިޔޯފިލުސް: ތިޔޯފިލުސް އަކީ ރޯމުގެ ސަރުކާރުގެ މަތީ މީހެކެވެ. އޭނާއަކީ އީސާގެފާނުގެ ޚަބަރުތައް އިވި އެކަލޭގެފާނާއި ބެހޭގޮތުން އިތުރަށް އެނގުމަށް ބޭނުންވެ ހޯދާ އުޅުނު މީހެކެވެ. ކީރިތި ޚަބަރުފުޅުގެ ހަތަރު ފޮތްކޮޅުގެ ތެރެއިން އެއްފޮތްކޮޅަކީ ލުކާސްއެވެ. އެފޮތްކޮޅުގައި އީސާގެފާނާއި ބެހޭ ހުރިހާ ޚަބަރެއް އެކަންތައްތައް ފެށުނީއްސުރެ ނިމެންދެން ލޮލުން ދުށް މީހުން ދިން ފުރިހަމަ ހެކިތަކާއި އެއްގޮތަށް ލިޔެވިފައި ވެއެވެ. އަދި އީސާގެފާނުގެ ހުރިހާ އަސްހާބީންނާއި އަދި އެކަލޭގެފާނުގެ ޚާއްސަ ބާރަ އަސްހާބީން އީސާގެފާނު ދެއްވި އުފާވެރި ޚަބަރުފުޅު އެންމެންނަށް އެންގުމަށް މަސައްކަތް ކުރިއެވެ. އެގޮތުން ލޫކާސް ފޮތްކޮޅު ފުރަތަމަ ލިޔެވުނީ ތިޔޯފިލުސް އަށް ވެސް މިއުފާވެރި ޚަބަރު ދީ ހުރިހާ ކަމެއް ސާފުކޮށް ކިޔައިދީ އޮޅުންފިލުވާ ދިނުމަށްޓަކައެވެ. އަދި ދެވަނައަށް ލުކާސް ލިޔުއްވި ފޮތްކޮޅު ކަމުގައިވާ ”އީސާގެފާނުގެ ބަސްފުޅު ފާޅުކުރުމަށް މަންދޫބުން ކުރެއްވި މަސައްކަތް“ މިފޮތް ވެސް ސިޓީއެއްގެ ގޮތުގައި ލިޔެ ތިޔޯފުލުސްއަށް ފޮނުވުނެވެ. އަރިހަށް، އަހަރެމެންގެ ތެރޭގައި އީސާގެފާނާމެދު ކަންތައްތައް ހިނގާމިދިޔަ ގޮތުގެ ވާހަކަ ފުރިހަމަޔަށް ލިޔެ ބަޔާން ކުރެވޭތޯ އެތައް ބަޔަކުވެސް ވަނީ ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. މިކަންތައްތައް ހިނގާދިޔަގޮތް ފެށުނީއްސުރެން ނިމެންދެން ލޮލުންދުށް މީހުން އެ ޚަބަރުތައް ފެތުރުމަށް މަސައްކަތް ކުރިއެވެ. އެހެންކަމުން މިކަންތައްތައް ހިނގާދިޔަގޮތުގެ ވާހަކަ ލިޔާ މީހުން އެވާހަކަތައް އެލިޔަނީ އެކަންތައްތައް ފެށުނީއްސުރެ ނިމެންދެން ލޮލުންދުށް މީހުން ދިން ހެކިތަކާއި އެއްގޮތަށެވެ. އަޅުގަނޑު ވެސް މިކަންތައްތައް ހިނގާދިޔަ ގޮތް ވަރަށް ރަނގަޅަށް ހޯދާ ބަލައިފީމެވެ. ވީމާ މިހުރިހާ ކަމެއް ހިނގާދިޔަގޮތް ތަރުތީބުން ލިޔެ ތިޔަބޭފުޅާގެ ފަރާތްޕުޅަށް ފޮނުވުން އެއީ އަޅުގަނޑު ދެކެނީ ރަނގަޅު ކަމެއްގެ ގޮތުގައެވެ. ތިޔަބޭފުޅާއަށް އީސާގެފާނާއިމެދު އިވިވަޑައިގެންފައިވާ ޚަބަރުތަކުގެ ތެދު ދޮގު ތިޔަބޭފުޅާއަށްވެސް އޭރުން ސާބިތުވެ އެނގިވަޑައިގަންނަވާނެއެވެ.
ޔަޙުޔާގެފާނު އުފަންވުމާއި މެދު އެންގެވުނު ވަޙީ ބަސްފުޅު
ޖުދެއާ ކަރައިގައި ހެރޮދު ހެރޮދު: ހެރޮދު އަކީ ބަނީއިސްރާއީލުންގެ ހިސާބެއްކަމުގައިވީ ގަލީލީ އާއި ޕެރެއާ ސަރަހައްދުގެ މައްޗަށް ރަސްކަންކުރެއްވި ރަސްކަލެކެވެ. މިރަސްކަން އޭނާއަށް ލިބިވަޑައިގެންނެވީ އޭނާގެ ބައްޕާފުޅުގެ ފަރާތުންނެވެ. އޭނާގެ ބައްޕާފުޅުގެ ނަމަކީ ވެސް ހެރޮދުއެވެ. އޭނާގެ ބައްޕާފުޅަކީ ޖުދެއާގެ މައްޗަށް ރަސްކަންކުރެއްވި ރަސްކަލެކެވެ. ހެރޮދުގެ ރަސްކަމުގެ ޒަމާނުގައި ވެސް ބަނީއިސްރާއީލު އޮތީ ރޫމުގެ ސަރުކާރުގެ އަތްދަށުގައެވެ. މިރަސްރަސްކަލުންގެ ބާރާއި އަމުރު ފަލަސްތީނުގެ ސަރަހައްދުގެ މައްޗަށް ހިންގި ނަމަވެސް އެމީހުން ކަންތައް ކުރަންޖެހެނީ ރޫމު ސަރުކާރުން އަންގާގޮތުގެ މަތިންނެވެ. ރަސްގެފާނުގެ ޒަމާނުގައި ޒަކަރިއްޔާއޭ ކިޔުނު އިމާމަކު އުޅުނެވެ. އޭނާ އާއި އޭނާގެ އަންހެނުން އެލިޒަބަތަކީ އިމާމު އިމާމުން: އިމާމުންނަކީ ބައިތުލް މަޤްދިސްގެ ޚަރަމްފުޅުގައި ޚިދުމަތް ކުރާ މީހުންނެވެ. ބައިތުލް މަޤްދިސްގެ ޚަރަމްފުޅުގައި ޚިދުމަތް ކުރާ އެތައް ބައިވަރު އިމާމުންނެއްވިއެވެ. އިމާމުން ބައިތުލް މަޤްދިސް ފިޔަވާ އެހެން އެއްވެސް ދީނީ މަރުކަޒެއްގައި ޚިދުމަތެއް ނުކުރެއެވެ. އެމީހުންގެ ވަޒީފާގެ މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިންމު އެއްކަމަކީ މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަމުގެ ގޮތުން ކުރެވޭ ޤުރުބާންތައް ގެނައުމުން އެއެއްޗެތި އަންދާ އަދި މީހުންނަށްޓަކާ ދުޢާކުރުމެވެ. ބަނީއިސްރާއީލުންގެ މެދުގައި އިމާމުންނަށް ވަރަށް އިޙުތިރާމް ކުރެވެއެވެ. އިމާމުންގެ ތެރޭގައި ތިންދަރަޖައެއް ވެއެވެ. އެއީ އިމާމުންނާއި، ބޮޑުއިމާމުންނާއި އަދި އުއްތަމަ އިމާމެވެ. އިމާމުންނާއި ބޮޑުއިމާމުންގެ ހުރިހާ އެންމެންނަކީ ވެސް އުއްތަމަ އިމާމުގެ ދަށުން މަސައްކަތް ކުރާ ބައެކެވެ. އުއްތަމަ އިމާމަކީ ދީނީ ހުރިހާ ކަމެއްގައިވެސް އެންމެ އިސްފަރާތެވެ. ހާރޫނުގެފާނުގެ ހާރޫނުގެފާނު: ބަނީއިސްރާއީލުގެ މުޅި ތާރީހުގައިވެސް އެންމެ ފުރަތަމަ އުއްތަމަ އިމާމަކީ ހާރޫނުގެފާނުއެވެ. ހާރޫނުގެފާނަކީ މޫސާގެފާނުގެ ބޭބޭފުޅެވެ. ބަނީއިސްރާއީލުގެ ހުރިހާ އިމާމުން ވެސް މަޝްހޫރުވެފައި ވަނީ ’ހާރޫނުގެފާނުގެ ދަރިން‘ މިފަދައިންނެވެ. ޔަޙުޔާގެފާނުގެ މަންމާފުޅު އެލިޒަބަތު އާއި އެކަލޭގެފާނުގެ ބައްޕާފުޅު ޒަކަރިއްޔާ އަކީ ވެސް ހާރޫނުގެފާނުގެ ދަރިކޮޅުގެ މީހުންނެވެ. ދަރިކޮޅުގެ މީހުންނެވެ.* ހާރޫނުގެފާނަކީ ބަނީއިސްރާއީލުގެ އެންމެ ފުރަތަމަ އިމާމެވެ. ހާރޫނުގެފާނުގެ ދަރިކޮޅުގެ އެންމެންނަކީ ވެސް އިމާމުންނެވެ. ޒަކަރިއްޔާ އަކީ އެދަރިކޮޅުގެ އަބައްޔާ ވަންހައިގެ މީހެކެވެ.
ޒަކަރިއްޔާ އާއި އޭނާގެ އަންހެނުން އެލިޒަބަތަކީ މަތިވެރި މާތްރަސްކަލާނގެ އަމުރުފުޅުތަކާއި ގަވާއިދުތަކަށް ކިޔަމަންވާ ތެދުވެރިކަމާއިއެކު އެކަންތައްތައް އަދާކުރަމުންދާ ބަޔެކެވެ. އެދެމީހުންގެ މައްޗަށް މާތްރަސްކަލާނގެ ރުހިވޮޑިގެން ވިއެވެ. މި ދެމަފިރިންނަށް ދުވަހަކު ވެސް ދަރިއަކު ނުލިބެއެވެ. އެއީ އެލިޒަބަތު އަކީ ކުދިން ނުލިބޭ އަންހެނެކެވެ. އަދި މިހާރު އެމީހުން ވަނީ އުމުރުން ދުވަސްވެ މުސްކުޅި ވެފައެވެ.
އެއްފަހަރަކު ޒަކަރިއްޔާގެ ބައިގެ އިމާމުން ބައިތުލް މަޤްދިސްގައި ބައިތުލް މަޤްދިސް: މިއީ ޖެރޫސަލަމުގައިވީ ބަނީއިސްރާއީލުންގެ މުހިންމު ހަރަމްފުޅެވެ. މިހަރަމްފުޅުބައި ކުރެވިފައި ވަނީ ހަތަރު ބަޔަކަށެވެ. އެންމެ ބޭރަށް ވާ ބަޔަކީ އެންމެންނަށް ވަނުމަށް ހުއްދަ އޮންނަ ބަޔެވެ. މިބަޔަށް ބަނީއިސްރާއީލު މީހުން ފިޔަވާ އެހެން މީހުންނަށް ވެސް ވަނުން ހުއްދައެވެ. އެއާއި ޖެހިގެން އެތެރެއަށް އޮންނަ ބަޔަކީ ޚާއްސަކޮށް އަންހެނުން އަޅުކަން ކުރުމަށް އޮންނަބަޔެވެ. ދެން އެއާ ޖެހިގެން އެތެރެއަށް އޮންނަ ބަޔަކީ ފިރިހެނުންގެ ބަޔެވެ. ދެން އޭގެ އެތެރެއަށް އޮންނަ ބަޔަކީ އިމާމުންގެ ބަޔެވެ. މިހަތަރު ބައިގެ މެދުގައި ވަނީ ހަރަމް ފުޅުގެ އެންމެ މާތް ތަނެވެ. އެތަނަށް ވަނުން ހުއްދަ އޮންނަނީ ހަމައެކަނި އުއްތަމަ އިމާމަށެވެ. އެއީ ވެސް އަހަރަކު އެއްފަހަރު ޚާއްސަ އަޅުކަމެއް ކުރުމަށްޓަކައެވެ. މާތްރަސްކަލާނގެ ކިބަފުޅަށް ކުރާ އަޅުކަންތަކުގެ އިމާމުކަން ކުރުމާއި ހަވާލުވިއެވެ. އާދަވެގެން އިމާމުން ކަންތައް ކުރާ އާދަކާދައިގެ މަތިން އެދުވަހު ބައިތުލް މަޤްދިސްގެ ހަރަމްފުޅުގެ އެތެރެއަށް ވަނުމަށާއި އެތާނގައި މީރުވަސްދުވާ އެއްޗެތިން ދުންއެޅުމަށް އިމާމަކު ހޮވުމަށް ގުރުއަތުލިއެވެ. މި ގުރުއަތުން އެ ދުވަހު އެކަންތައްތައް ކުރުމަށް ހޮވުނީ ޒަކަރިއްޔާއެވެ. 10 އެދުވަހު އިމާމު ޒަކަރިއްޔާ ބައިތުލް މަޤްދިސްގެ އެތެރޭގައި މީރުވަސްދުވާ އެއްޗެތިން ދުންއަޅަމުން ދިޔައެވެ. އެއިރު ބައިތުލް މަޤްދިސްގެ ގޯތިތެރެއަށް އަޅުކަމަށް އެއްވެތިބި އެންމެން ދުޢާކުރަމުން ދިޔައެވެ.
11 ބައިތުލް މަޤްދިސްގެ ތެރޭގައި ވާ މީރުވަސްދުވާ އެއްޗެތިން ދުންއެޅުމަށް ޚާއްސަ ކޮށްފައިވާ އަށީގެ ކައިރީގައި ޒަކަރިއްޔާ ވަނިކޮށް އެތާގެ ކަނާއަތް ފަރާތުގައި މާތްރަސްކަލާނގެ ފޮނުއްވި މަލާއިކަތަކު މަލާއިކަތުން: މަލާއިކަތުންނަކީ މާތްރަސްކަލާނގެ އަންގަވާ ކަންކަމާއިގެން ފޮނުއްވޭ އެކަލާނގެ އުފެއްދެވި ބޭކަލުންނެވެ. މިއީ އިންސާނުން ނޫން ނަމަވެސް ބައެއްފަހަރު އެބޭކަލުން އިންސާނުންގެ ސިފައިގައި ވަގުތީ ގޮތަކުން ތިއްބަވައެވެ. މާތްރަސްކަލާނގެ މަލާއިކަތުން މީހުންގެ ގާތަށް ފޮނުއްވައިގެން މީހުންނަށް އެހީވެ ދެއްވާ އަދި ބައެއް މުހިންމު ހާދިސާތަކުގެ ޚަބަރު ދެއްވަ އެވެ. ވަނިކޮށް ޒަކަރިއްޔާއަށް ފެނުނެވެ. 12 އެމަލާއިކަތާ ފެނުމުން ޒަކަރިއްޔާ ސިއްސައިގެން ގޮސް ބިރުން ތުރުތުރު އަޅަން ފެށިއެވެ. 13 ނަމަވެސް މި މަލާއިކަތާ ވިދާޅުވިއެވެ. ”ޒަކަރިއްޔާ. ބިރު ނުގަނޭ. މާތްރަސްކަލާނގެ ކަލޭގެ ދުޢާ އައްސަވާ ވޮޑިގެންފި. ކަލޭގެ އަނބިމީހާ އެލިޒަބަތު ކަލެއަށް ފިރިހެން ކުއްޖަކު ވިހާނެ. ކަލޭ އެދަރިފުޅަށް ޔަޙުޔާއޭ ކިޔާ ނަންދީ. 14 ކަލެއަށް އެދަރިފުޅުގެ ސަބަބުން އުފަލާއި ހިތްހަމަޖެހުން ލިބޭނެ. އަދި އޭނާ މި ދުނިޔެއަށް އައުމުގެ ސަބަބުން އެތައް ބަޔަކުވެސް އުފާކުރާނެ. 15 އޭނާއަކީ މާތްރަސްކަލާނގެ ކިބަފުޅަށް ޚާއްސަ މީހަކު ކަމުގައި ވާނެ. އޭނާ އެއްގޮތަކަށްވެސް މޭބިސްކަދުރުން ނުވަތަ އެހެން އެއްޗަކުން ވިޔަސް ހަދާފައިވާ މަސްތުވާ ފަދަ ބުއިމެއް ބޮއިގެން ނުވާނެ. އަދި އޭނާ އުފަންވުމުގެ ކުރިން ފެށިގެން އޭނާ ވާނީ މާތްރޫޙުފުޅުން މާތްރޫޙުފުޅު: މާތްރޫޙުފުޅަކީ މާތްރަސްކަލާނގެ ރޫޙުފުޅެވެ. މިރޫޙުފުޅަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު ކަމުގައިވާ އީސާގެފާނު ޤަބޫލުކުރާ މީހުންނަށް މާތްރަސްކަލާނގެ ދެއްވާ ހަދިޔާއެކެވެ. އެކަލޭގެފާނުގެ ބަސްފުޅުތަކުގެ އަޑުއަހާ އެބަސްފުޅުތަކަށް ކިޔަމަންވާ މީހުންނަށް މާތްރޫޙުފުގެ އެހީތެރިކަން ލިބޭނެއެވެ. އަދި އީސާގެފާނު މެދުވެރިކޮށް ދެއްވި ދިންނަވާނޭ މަގުން އުޅުމަށް ވެސް މާތްރޫޙުފުޅު މީސްތަކުންނަށް އެހީތެރިވެދެއްވާނެއެވެ. މާތްރޫޙުފުޅުގެ ސަބަބުން އެރޫޙުފުޅު އެމީހަކާއި އެކުގައިވާ މީހަކަށް ފާފައިން ދުރުވެގެން އުޅުމަށް ބާރުލިބޭނެއެވެ. ފުރިފަ. އޭނާ ހުރިހާ ކަމެއް ވެސް ކުރާނީ މާތްރަސްކަލާނގެ ބާރުފުޅުގެ ދަށުން. 16 އޭނާ ބަނީއިސްރާއީލުގެ އެތައްބަޔަކު އެބައިމީހުންގެ މަތިވެރިކަލާނގެ ކިބަފުޅަށް އަނބުރުއްވާނެ. 17 އޭނާ އިލިޔާސްގެފާނާއި އިލިޔާސްގެފާނު: އެކަލޭގެފާނަކީ ބަނީއިސްރާއީލުގެ މީހުންގެ ގާތަށް ފޮނުއްވުނު ރަސޫލުބޭކަލުންގެ ތެރެއިން ވަރަށް މުހިންމު އެއްރަސޫލުބޭކަލެކެވެ. އެކަލޭގެފާނު މޫސާގެފާނު އެންގެވި ގޮތާއި އަމުރުފުޅުތައް ދެމެހެއްޓުމަށްޓަކާ ވަރަށްބޮޑަށް މަސައްކަތް ކުރެއްވިއެވެ. އަދި މީސްތަކުން އެހެނިހެން ކަލާނގެތަކަށް އަޅުކަން ކުރުން ހުއްޓުމަށް ވެސް އެކަލޭގެފާނު ގަދަ އަޅާ މަސައްކަތް ކުރެއްވިއެވެ. އެކަލޭގެފާނު އުޅުއްވި ޒަމާނުގައި ބަޢަލް އޭ ކިޔުނު ކަލާނގެއަށް އަޅުކަންކުރުން ވަނީ ބަނީއިސްރާއީލުގެ މައްޗަށް ފެތުރިފައެވެ. އިލިޔާސްގެފާނަށް މާތްރަސްކަލާނގެ ކިބަފުޅުން ލިބިވަޑައިގެންނެވި ބާރުފުޅާއި އަޒުމާއި އެކު އެކަލޭގެފާނު ރަސްރަސްކަލުންނާއި ވެސް ދެކޮޅުހެއްދެވިއެވެ. އެމީހުން މާތްރަސްކަލާނގެ އެންގެވި މަގުން ކަންތައް ނުކުރާތީ އާއި އަދި ރައްޔިތުންގެ މައްޗަށް ވެރިކަންކުރާ ޚުދުމުޚުތާރު އިންސާފެއް ނެތް ގޮތާއި މެދު އެކަލޭގެފާނު ދެކޮޅުހެއްދެވިއެވެ. އިލިޔާސްގެފާނު މިދުނިޔޭގައި އުޅުއްވީ އީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ ގާތްކަޑަކަށް އަށް ސަތޭކަ ވަރަކަށް އަހަރު ކުރިންނެވެ. އެއްފަދައިން މާތްރޫޙުފުޅުގެ ބާރާއިއެކު ކަންތައްތައް ކުރައްވާނެ. މާތްރަސްކަލާނގެ ޚާއްސަކުރައްވާފައިވާ މާތްސާހިބާ ފާޅުވެވަޑައިގަތުމުގެ ކުރިން އޭނާ އެކަލާނގެއަށްޓަކައި ބަނީއިސްރާއީލު މީސްތަކުން ތައްޔާރު ކުރައްވާނެ. އޭނާ ބައްޕައިންގެ ހިތްތައް އެބައިމީހުންގެ ދަރިންގެ މައްޗަށް އަނބުރުއްވައި އަދި މާތްރަސްކަލާނގެ ކިބަފުޅަށް ކިޔަމަންނުވާ މީހުން ސާލިހުކަމުގެ މަގަށް އަނބުރުއްވާނެ.“
18 ޒަކަރިއްޔާ މި މަލާއިކަތާ ކުރެން ސުވާލު ކުރިއެވެ. ”ތިޔަކަން ތިޔަ ވިދާޅުވި ފަދައިން ވާނެކަން އަޅުގަނޑު ޔަޤީންކޮށް ގަބޫލުކުރާނީ ކިހިނަކުން؟ އަޅުގަނޑު މި ވަނީ މިހާރު މުސްކުޅިވެފަ. އަދި އަޅުގަނޑުގެ އަންހެނުންނަކީ ވެސް އުމުރުން ދުވަސްވެފައިވާ އަންހެނެއް.“
19 މަލާއިކަތާ ޖަވާބުގައި ވިދާޅުވިއެވެ. ”އަހަރެން މިއީ ޖިބުރީލު. އަހަރެން މިއައީ މާތްރަސްކަލާނގެ ޙަޒުރަތުން. އެކަލާނގެ އަހަރެން ފޮނުއްވީ ކަލެއަށް މިއުފާވެރި ޚަބަރު ދިނުމަށް. 20 މިބުނި ހުރިހާކަމެއް އަހަރެން މިބުނި ފަދައިން އެކަމުގެ ވަގުތުޖެހުމުން ވާނެ. މިއަދުން ފެށިގެން ކަލެއަށް މިދަރިފުޅު ލިބެންދެން ކަލެއަކަށް ވާހަކައެއް ނުދެއްކޭނެ. އެއީ ކަލޭ އަހަރެން މިބުނި ވާހަކަތައް ގަބޫލު ނުކުރުމުން.“
21 ބޭރުގައި ތިބި މީސްތަކުން ޒަކަރިއްޔާ ނުނުކުމެ އެތެރޭގައި އެހާ އެލަސްވަނީ ކީއްވެ ބާވައޭ ހިތަށްއެރިއެވެ. 22 ޒަކަރިއްޔާ ނުކުތްއިރު އޭނާއަކަށް ވާހަކައެއް ނުދެއްކެއެވެ. އޭނާގެ އަތުން ކުރާ އިޝާރާތްތަކުން އެބައިމީހުންނަށް އެނގުނީ އޭނާ އެތެރޭގައި ވަނިކޮށް މާތްރަސްކަލާނގެ އޭނާއަށް ވަޙީފުޅެއް ފޮނުއްވައިފިކަމެވެ. ނަމަވެސް އޭނާއަށް ވާހަކަ ނުދެއްކޭ ކަމުން މި ވާހަކަތައް އެހެން މީހުންނަކަށް ކިޔައެއް ނުދެވުނެވެ.
23 ޒަކަރިއްޔާ އިމާމެއްގެ ގޮތުން ކުރަން އައި ކަންތައްތަކުން ނިމިގެން އެނބުރި އޭނާގެ ރަށަށް ދިޔައެވެ. 24 މިއަށް ފަހު އޭނާގެ އަންހެނުން އެލިޒަބަތު ބަލިވެ އިނެވެ. ދެން އެއަށް ފަހު ފަސްމަސްދުވަސް ވަންދެން އެލިޒަބަތު އެއްގޮތަކަށް ވެސް މީހުންގެ ތެރެއަކަށް ނުނިކުމެއެވެ. 25 އެލިޒަބަތު ބުންޏެވެ. ”އަހަރެންނަށް މިފަދައިން ހިންމަވައި ދެއްވެވީ މަތިވެރި މާތްރަސްކަލާނގެ. މާތްރަސްކަލާނގެ އެކަލާނގެ ރަޙުމަތްފުޅުން އަހަރެންނަށް ރަޙުމަތްލެއްވި. އަދި މިއަދު މީސްތަކުންގެ މަލާމާތުން އަހަރެން ސަލާމަތް ކުރައްވައިފި.“
މާތްރަސްކަލާނގެ މަރިޔަމްގެފާނަށް އެންމެ މަތިވެރި ޚަބަރުފުޅު ދެއްވުން
26 އެލިޒަބަތު ބަލިވެއިންތާ ހަވަނަމަހުގައި މާތްރަސްކަލާނގެ އެކަލާނގެ މަލާއިކަތާ މަލާއިކަތުން: މަލާއިކަތުންނަކީ މާތްރަސްކަލާނގެ އަންގަވާ ކަންކަމާއިގެން ފޮނުއްވޭ އެކަލާނގެ އުފެއްދެވި ބޭކަލުންނެވެ. މިއީ އިންސާނުން ނޫން ނަމަވެސް ބައެއްފަހަރު އެބޭކަލުން އިންސާނުންގެ ސިފައިގައި ވަގުތީ ގޮތަކުން ތިއްބަވައެވެ. މާތްރަސްކަލާނގެ މަލާއިކަތުން މީހުންގެ ގާތަށް ފޮނުއްވައިގެން މީހުންނަށް އެހީވެ ދެއްވާ އަދި ބައެއް މުހިންމު ހާދިސާތަކުގެ ޚަބަރު ދެއްވަ އެވެ. ޖިބުރީލުގެފާނު ވަޙީފުޅަކައިގެން ގަލީލީ ކަރައިގައި ވާ ނާޒަރަތޭ ކިޔުނު ރަށަށް ފޮނުއްވިއެވެ. 27 މި މަލާއިކަތާ ވަޑައިގެންނެވީ އެރަށުގެ ޒުވާން ބިކުރުވެރި އަންހެން ކުއްޖަކު ކަމުގައި ވީ މަރިޔަމްގެފާނުގެ އަރިހަށެވެ. އޭރު މަރިޔަމްގެފާނު ވަނީ ޔޫސުފު އޭ ނަމަކަށް ކިޔުނު މީހަކާއި ކައިވެނިކުރުމަށް ހަމަޖެހިފައެވެ. މިޔޫސުފަކީ ދާއޫދުގެފާނުގެ ދާއޫދުގެފާނު: ދާއޫދުގެފާނަކީ ބަނީއިސްރާއީލު މީހުންގެ މައްޗަށް ރަސްކަންކުރެއްވި ދެވަނަ ރަސްގެފާނެވެ. އެކަލޭގެފާނަކީ ވަރަށް ތުއްޕުޅު އިރުއްސުރެން ވެސް ވަރަށް ކެރޭ ހިތްވަރުގަދަ ބޭފުޅެކެވެ. މާތްރަސްކަލާނގެ އެކަލޭގެފާނުގެ މައްޗަށް ރުހިވޮޑިގެންވިއެވެ. އަދި އެކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ އަލްމަސީޙު ދުނިޔެއަށް ވަޑައިގަންނަވާނީ ދާއޫދުގެފާނުގެ ދަރިކޮޅުން ކަމުގައިވެސް މާތްރަސްކަލާނގެ އެންގެވިއެވެ. އީސާގެފާނުގެ މަންމާފުޅު މަރިޔަމްގެފާނަކީ ދާއޫދުގެފާނުގެ ދަރިކޮޅުގެ މީހަކެވެ. ދަރިކޮޅުގެ މީހެކެވެ. ދާއޫދުގެފާނަކީ ބަނީއިސްރާއީލުގެ ރަސްކަލުންގެ ތެރެއިން ހިމެނުނު ވަރަށް މުހިންމު ރަސްގެފާނެވެ. 28 މި މަލާއިކަތާ މަރިޔަމްގެފާނުގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. ”މަރިޔަމްގެފާނު. މާތްރަސްކަލާނގެ ކަނބުލޭގެފާނަށް ވަރަށް މަތިވެރި ޝަރަފެއް ދެއްވައިފި. މަތިވެރި ރަސްކަލާނގެ ވޮޑިގެން ވަނީ ކަނބުލޭގެފާނާއި އެކުގަ. އެކަލާނގެ ކަނބުލޭގެފާނަށް އެހީތެރިވެ ވޮޑިގެން ވާނެ.“ 29 މަރިޔަމްގެފާނަށް މިބަސްފުޅުތަކުގެ މާނަ ވިސްނިވަޑައިނުގެން ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގެންނެވިއެވެ.
30 ފަހެ މަލާއިކަތާ ވިދާޅުވިއެވެ. ”މަރިޔަމްގެފާނު. ބިރުފުޅުގެން ވަޑައިނުގަނޭ. މާތްރަސްކަލާނގެ ކަނބުލޭގެފާނަށް ރުހިވޮޑިގެންވޭ. 31 ކަނބުލޭގެފާނު ވަރަށްއަވަހަށް އާލާސްވެ އިންނަވާ ފިރިހެން ދަރިކަލަކައިގެން ރައްކާވާނެ. އެދަރިކަލުންނަށް އީސާގެފާނޭ ކިޔާ ނަން ދެއްވަވާ. 32 އެކަލޭގެފާނީ މަތިވެރިވެގެންވާ ބޭކަލަކު ކަމުގައި ވާނެ. މާތްރަސްކަލާނގެ އެކަލޭގެފާނުގެ ލަޤަބުފުޅެއް ކަމުގައި އެންމެމަތިވެރި ރަސްކަލާނގެ ދަރިކަލުން މިލަޤަބުފުޅު ލައްވާނެ. މާތް ސާހިބުވަންތަ ރަސްކަލާނގެ އެދަރިކަލުންގެ ކާބަފައިކަލުން ދާއޫދުގެފާނު ފަދައިން އެކަލޭގެފާނު ރަސްކަލަކު ކަމުގައި ލައްވަވާނެ. 33 އެކަލޭގެފާނީ އަބަދަށްޓަކައި ބަނީއިސްރާއީލުގެ މައްޗަށް ރަސްކަންކުރައްވާ ރަސްކަލަކު ކަމުގައި ވާނެ. އެކަލޭގެފާނުގެ ރަސްކަމަށް ދުވަހަކުވެސް ނިމުމެއް ނުވާނެ.“
34 މަރިޔަމްގެފާނު މި މަލާއިކަތާއަށް ދެންނެވިއެވެ. ”ތިޔަވިދާޅުވި ހުރިހާ ކަންތައްތައް ވާނީ ކިހިނަކުން ތޯ؟ އަޅުގަނޑު އަދި މީހަކާވެސް ނީންނަން. އަޅުގަނޑަކީ އަދި ބިކުރުވެރި އަންހެނަކީން.“
35 މަލާއިކަތާ ވިދާޅުވިއެވެ. ”މަތިވެރި މާތްރަސްކަލާނގެ މާތްރޫޙުފުޅު މާތްރޫޙުފުޅު: މާތްރޫޙުފުޅަކީ މާތްރަސްކަލާނގެ ރޫޙުފުޅެވެ. މިރޫޙުފުޅަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު ކަމުގައިވާ އީސާގެފާނު ޤަބޫލުކުރާ މީހުންނަށް މާތްރަސްކަލާނގެ ދެއްވާ ހަދިޔާއެކެވެ. އެކަލޭގެފާނުގެ ބަސްފުޅުތަކުގެ އަޑުއަހާ އެބަސްފުޅުތަކަށް ކިޔަމަންވާ މީހުންނަށް މާތްރޫޙުފުގެ އެހީތެރިކަން ލިބޭނެއެވެ. އަދި އީސާގެފާނު މެދުވެރިކޮށް ދެއްވި ދިންނަވާނޭ މަގުން އުޅުމަށް ވެސް މާތްރޫޙުފުޅު މީސްތަކުންނަށް އެހީތެރިވެދެއްވާނެއެވެ. މާތްރޫޙުފުޅުގެ ސަބަބުން އެރޫޙުފުޅު އެމީހަކާއި އެކުގައިވާ މީހަކަށް ފާފައިން ދުރުވެގެން އުޅުމަށް ބާރުލިބޭނެއެވެ. ކަނބުލޭގެފާނުގެ އަރިހަށް ފޮނުއްވޭނެ. އެންމެމަތިވެރި ރަސްކަލާނގެ އަމުރުފުޅަށް އުފަންވާ މި މާތް ކަލޭގެފާނުގެ ލަޤަބުކަމުގައި ހިމެނޭނީ މާތްރަސްކަލާނގެ ދަރިކަލުން މާތްރަސްކަލާނގެ (ރޫޙާނީ) ދަރިކަލުން: މިއީ މާތްރަސްކަލާނގެ އާއި އިންސާނަކާއި ދެމެދު އޮންނަންވާނެ ގާތް ފުރިހަމަ ގުޅުމުގެ މާނަ ފާޅުކޮށްދީ ހާމަކުރުމަށް ބޭނުން ކުރެވޭ ލަފުޒެކެވެ. މި ލަފުޒު މިއީ އީސާގެފާނުގެ ލަޤަބުފުޅުތަކުގެ ތެރެއިން އެއްލަޤަބުފުޅެވެ. އީސާގެފާނު ވަރަށް ގިނަ ފަހަރުމަތިން މާތްރަސްކަލާނގެ ކިބަފުޅާއި މެދު އަންގަވައި ދެއްވާ އުގަންނައި ދެއްވަމުން ގެންދެވި އިރު އެކަލާނގެ ކިބަފުޅަށް ބައްޕާފުޅޭ ވިދާޅުވެ މުޙާތަބު ކުރައްވާފައި ވެއެވެ. މިލަޤަބުފުޅު. 36 ކަނބުލޭގެފާނުގެ ތިމާގެމީހެއް ކަމަށް ވާ އެލިޒަބަތަކީ ދުވަހަކުވެސް ކުއްޖަކު ނުލިބޭނެ މީހަކުކަމުގައި މީހުން ހީކުރި. ނަމަވެސް އެލިޒަބަތު ބަލިވެ އިނދެ މިހާރު މިއީ ހަމަސް. އޭނާ އާއި އޭނާގެ ފިރިމީހާ ޒަކަރިއްޔާ އަކީ އުމުރުން ދުވަސްވެ މުސްކުޅިވެފައިވާ މީހުން ކަމުގައި ވިޔަސް މާތްރަސްކަލާނގެ ރަޙުމަތްފުޅުން މިހާރު އެމީހުންނަށް ކުއްޖަކު ލިބެން އެވަނީ ކައިރިވެފަ. 37 ފަހެ ހުރިހާ ކަމަކީ ވެސް މާތްރަސްކަލާނގެ ކިބަފުޅަށް ކުޅަދުންވަންތަވެ ވޮޑިގެންވާ ކަންތައްތައް.“
38 މަރިޔަމްގެފާނު ވިދާޅުވިއެވެ. ”އަޅުގަނޑަކީ މަތިވެރި މާތްރަސްކަލާނގެ އަޅަކީން. އަޅުގަނޑާއި ދޭތެރޭ ތިޔަވިދާޅުވި ކަންތައްތައް ތިޔަފަދައިން ހިންމަވާފާނދޭ.“ ދެން މިއަށް ފަހު ޖިބުރީލުގެފާނު އެނބުރި ވަޑައިގެންނެވިއެވެ.
މަރިޔަމްގެފާނު އެލިޒަބަތުގެ ގެއަށް ކުރެއްވި ޒިޔާރަތްފުޅު
39 އެއަށް ފަހު ދެތިން ދުވަސްވެސް ނުވެ މަރިޔަމްގެފާނު އެލިޒަބަތުއާއި ޒަކަރިއްޔާ އުޅޭ ޖުދެއާ ކަރައިގެ ފަރުބަދަތަކުގެ ހިސާބު ރަށަށް ވަޑައިގަތުމަށްޓަކައި ދަތުރު ފެއްޓެވިއެވެ. 40‏-41 މަރިޔަމްގެފާނު އެމީހުންގެ ގެއަށް ވަޑައިގަންނަވާ ސަލާން ގޮވާލެއްވިއެވެ. އެލިޒަބަތަށް މަރިޔަމްގެފާނުގެ ސަލާމުގެ އަޑު އިވުމާއިއެކު އޭނާގެ ބަނޑުގައި ވީ ދަރިފުޅު ވަރަށް ބާރަށް ތޮޅެލިއެވެ. އަދި އެވަގުތު އެލިޒަބަތު މާތްރޫޙުފުޅުގެ މާތްރޫޙުފުޅު: މާތްރޫޙުފުޅަކީ މާތްރަސްކަލާނގެ ރޫޙުފުޅެވެ. މިރޫޙުފުޅަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު ކަމުގައިވާ އީސާގެފާނު ޤަބޫލުކުރާ މީހުންނަށް މާތްރަސްކަލާނގެ ދެއްވާ ހަދިޔާއެކެވެ. އެކަލޭގެފާނުގެ ބަސްފުޅުތަކުގެ އަޑުއަހާ އެބަސްފުޅުތަކަށް ކިޔަމަންވާ މީހުންނަށް މާތްރޫޙުފުގެ އެހީތެރިކަން ލިބޭނެއެވެ. އަދި އީސާގެފާނު މެދުވެރިކޮށް ދެއްވި ދިންނަވާނޭ މަގުން އުޅުމަށް ވެސް މާތްރޫޙުފުޅު މީސްތަކުންނަށް އެހީތެރިވެދެއްވާނެއެވެ. މާތްރޫޙުފުޅުގެ ސަބަބުން އެރޫޙުފުޅު އެމީހަކާއި އެކުގައިވާ މީހަކަށް ފާފައިން ދުރުވެގެން އުޅުމަށް ބާރުލިބޭނެއެވެ. ބާރުފުޅުން ފުރިގެން ދިޔައެވެ. 42 އެލިޒަބަތު އުފަލުން ފުރިފައިވާ އަޑަކުން ބުންޏެވެ. ”ހުރިހާ އަންހެނުންގެ ތެރެއިން ކަލެއަށް ރަޙުމަތް ލެއްވިގެން ވޭ އަދި ކަލެއަށް ލިބޭނެ ދަރިފުޅަކީ ރަޙުމަތް ލެއްވިގެން ވާނޭ ކުއްޖެއް. 43 އަހަރެންގެ މާތްސާހިބާގެ މަންމާފުޅު އަހަރެންގެ ކައިރިއަށް ޒިޔާރަތް ކުރާފަދަ ޝަރަފެއް އަހަންނަށް މިލިބުނީ ކީއްވެބާ؟ 44 ކަލޭގެ ސަލާމުގެ އަޑު އިވުމާއިއެކު އަހަރެންގެ ބަނޑުގައި މި ވާ ދަރިފުޅު އުފަލުން ތޮޅެންފެށި. 45 މާތްރަސްކަލާނގެ އެމީހަކާއި މެދު ހިންމަވާނޭކަމަށް އެންގެވި ކަންތައްތައް ގަބޫލުކުރާ މީހަކަށް ރަޙުމަތް ލެއްވިގެން ވޭ.“
މަރިޔަމްގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް ކިއުއްވި ހަމްދާ ސަނާ
46 ދެން މަރިޔަމްގެފާނު ވިދާޅުވިއެވެ.
”މާތްރަސްކަލާނގެއީ މަތިވެރިވެވޮޑިގެންވާ ކަލާނގެ ކަމަށް މިއަޅާގެ ހިތާއި ފުރާނައިން ހެކިވަން.
47 އެކަލާނގެއީ މިއަޅާ ދިންނައްވާ މިއަޅާއަށް އެހީތެރިވެ ވޮޑިގެންވާ ކަލާނގެ. މިއަޅާގެ ފުރާނައާއި ރޫޙުން އެކަލާނގެ ކިބަފުޅަށް އުފާކޮށް ހަމްދުކުރަން.
48 އެކަލާނގެ މިނިކަމެތި އަޅާގެ މައްޗަށް ބައްލަވާ ވޮޑިގަންނަވާ ރަޙުމަތްލައްވައިފި. އެކަމުގެ ސަބަބުން އަންނަން އޮތް ޒަމާންތަކުގެ މީހުން މިއަޅާއަކީ ބަރަކާތް ލެއްވިގެންވާ މީހެކޭ ބުނާނެ.
49 އެންމެމަތިވެރިކަލާނގެ މިއަޅާއަށްޓަކައި މި މަތިވެރި ކަންތައްތައް ހިންމަވައިދެއްވި. އެކަލާނގެއީ ކީރިތިވަންތަ ކަލާނގެ.
50 މާތްރަސްކަލާނގެ މިއަޅާ މެދުވެރިކޮށް ދުނިޔެއަށް މިފޮނުއްވާ ނިޢުމަތުގެ ސަބަބުން އެކަލާނގެ ކިބަފުޅަށް ބިރުވެތިވެ ޙުރުމަތްތެރިކޮށް ހިތާ މީހުންގެ ދަރިދަރިކޮޅަށް ވެސް އެކަލާނގެ ރަޙުމަތްފުޅު ލެއްވިގެން ވާނެ.
51 އަދި މިނިޢުމަތް މެދުވެރިކޮށް އެކަލާނގެ މަތިވެރި ބާރުފުޅު ދައްކަވާނެ. އަދި ހިތުގައި ބޮޑާކަމާއި ކިބުރުވެރިކަން ވާ މީހުން ވިއްސި ވިހާލި ކޮށްލައްވާނެ.
52 ރަސްރަސްކަލުން ތަޚުތުކޮޅުތަކުން ބާލުއްވާ، އާދައިގެ ނިކަމެތިން އެކަލާނގެ އިއްޒަތްތެރިކުރައްވާނެ.
53 މި ނިޢުމަތުގެ ސަބަބުން މާތްރަސްކަލާނގެ ހާލުގައިޖެހިފައިވާ މީހުންނަށް ނިޢުމަތް ލައްވާ އަދި މުއްސަނދިން ހުސް އަތާ ފޮނުވާލައްވާނެ.
54‏-55 އަހަރެމެންގެ ކާބަފައިކަލުން އިބްރާހީމްގެފާނަށް މާތްރަސްކަލާނގެ ކުރެއްވި ވަޢުދުފުޅު އެކަލާނގެ އެ ގެންދަވަނީ ފުރިހަމަ ކުރައްވަމުން. އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީސްތަކުން ކަމުގައިވާ ބަނީއިސްރާއީލު މީހުންނަށް އެކަލާނގެ އެހީތެރިވެވޮޑިގަންނަވާ. އަދި އެމީހުންނަށް އެކަލާނގެ އަބަދުގެއަބަދަށް ރަޙުމަތް ލައްވާނެ.“
56 މަރިޔަމްގެފާނު އެލިޒަބަތުގެ ކައިރީގައި ތިންމަހެއްހާދުވަހު ހުންނެވުމަށް ފަހު އެނބުރި ނާޒަރަތު އަށް ވަޑައިގެންނެވިއެވެ.
ޔަޙުޔާގެފާނު ދުނިޔެއަށް ވަޑައިގަތުން
57 އެލިޒަބަތު ދުވަސްފުރާ ފިރިހެން ކުއްޖަކު ވިހެއެވެ. 58 އެލިޒަބަތުގެ ތިމާގެމީހުންނާއި އަވަށްޓެރިން އޭނާގެ މައްޗަށް މަތިވެރި މާތްރަސްކަލާނގެ މިލެއްވި މަތިވެރި ބަރަކާތާއި ދީލަތިވަންތަކަން ދެކެ އޭނާގެ މިއުފަލުގައި ބައިވެރިވިއެވެ.
59 އެމީހުންގެ އާދަކާދަތަކާއި އެއްގޮތުގެ މަތިން އަށްދުވަސްވީ ދުވަހު އެމީހުން ކުއްޖާ ޚިތާނު ކުރުމަށާ ނަންދިނުމަށްޓަކައި އައެވެ. އެމީހުން އެލިޒަބަތު ކުރެން އެހިއެވެ. ”މިކުއްޖާގެ ނަމަކީ ޒަކަރިއްޔާ ދޯ؟“ 60 އެލިޒަބަތު ބުންޏެވެ. ”ނޫނޭ. އޭނާއަށް ކިޔާނީ ’ޔަޙުޔާ‘.“
61 އެމީހުން ބުންޏެވެ. ”އެކަމަކު ކަލޭގެ މުޅި އާއިލާގައި ވެސް ތިޔަނަން ކިޔާ މީހަކު ނެތެއް ނު؟“
62 ދެން މިމީހުން އަތުގެ އިޝާރާތުން ޒަކަރިއްޔާ ކުރެން އޭނާގެ ދަރިފުޅަށް ކިޔާނީ ކޮން ނަމެއް ތޯ ސުވާލު ކުރިއެވެ. 63 ޒަކަރިއްޔާ ލިޔާނެ އެއްޗެއް ގެނައުމަށް އިޝާރާތްކުރިއެވެ. އެގެނައުމުން އޭނާ މިފަދައިން އޭގައި ލިޔުނެވެ. ”މިކުއްޖާގެ ނަމަކީ ޔަޙުޔާ.“ އެންމެން މިކަމާ ވަރަށް އަޖައިބުވިއެވެ. 64 ހަމަ އެވަގުތު ޒަކަރިއްޔާގެ އަޑު ނުކުމެ ދޫހެލި ވާހަކަދެކެވެން ފެށިއެވެ. އޭނާ މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދުކޮށް ވާހަކަދެއްކިއެވެ. 65 އެލިޒަބަތު އާއި ޒަކަރިއްޔާގެ އަވަށްޓެރިން މިކަންތައްތައް ދެކެ ވަރަށް ބޮޑަށް އަޖައިބުވެ ހައިރާންވެ މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވިއެވެ. އަދި ޖުދެއާ ކަރައިގެ ފަރުބަދަތަކު ހިސާބުގެ ހުރިހާ ރަށެއްގައި މި ވެދިޔަ ކަންތައްތަކުގެ ވާހަކަ ދެކެވުނެވެ. 66 މި ވާހަކަތައް އިވުނު ކޮންމެމީހަކުމެ މިކަންތަކާ މެދު ވިސްނިއެވެ. އެމީހުން ބުނެއުޅުނެވެ. ”މިކުއްޖާ ވާނީ ކޮންފަދަ މީހަކަށް ބާ؟“ އެމީހުން މިހެން ބުނީ އެއީ އެކުއްޖާގެ މައްޗަށް މަތިވެރި މާތްރަސްކަލާނގެ ބާރުފުޅު ލެއްވިގެން ވާކަން އެމީހުންނަށް ޔަޤީން ކުރެވޭތީއެވެ.
ޒަކަރިއްޔާ މާތްރަސްކަލާނގެ ކިބަފުޅަށް ކީ ހަމްދާ ސަނާ
67 ޔަޙުޔާގެފާނުގެ ޔަޙުޔާގެފާނު: ޔަޙުޔާގެފާނަކީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ އަލްމަސީޙު ވަޑައިގަންނަވާ ޚަބަރު މީސްތަކުންނަށް ދެއްވައި އެކަމަށް އެމީހުން ތައްޔާރު ކުރުވުމަށް މާތްރަސްކަލާނގެ ފޮނުއްވި ނަބީ ބޭކަލެކެވެ. އެކަލޭގެފާނު މީސްތަކުންނަށް ތައުބާވެ ތައުބާގެ ހިނެވުމުން ހިނައިގަތުމަށް ގޮވާލެއްވިއެވެ. ބައްޕާފުޅު ޒަކަރިއްޔާ ވަނީ މާތްރޫޙުފުޅުން މާތްރޫޙުފުޅު: މާތްރޫޙުފުޅަކީ މާތްރަސްކަލާނގެ ރޫޙުފުޅެވެ. މިރޫޙުފުޅަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު ކަމުގައިވާ އީސާގެފާނު ޤަބޫލުކުރާ މީހުންނަށް މާތްރަސްކަލާނގެ ދެއްވާ ހަދިޔާއެކެވެ. އެކަލޭގެފާނުގެ ބަސްފުޅުތަކުގެ އަޑުއަހާ އެބަސްފުޅުތަކަށް ކިޔަމަންވާ މީހުންނަށް މާތްރޫޙުފުގެ އެހީތެރިކަން ލިބޭނެއެވެ. އަދި އީސާގެފާނު މެދުވެރިކޮށް ދެއްވި ދިންނަވާނޭ މަގުން އުޅުމަށް ވެސް މާތްރޫޙުފުޅު މީސްތަކުންނަށް އެހީތެރިވެދެއްވާނެއެވެ. މާތްރޫޙުފުޅުގެ ސަބަބުން އެރޫޙުފުޅު އެމީހަކާއި އެކުގައިވާ މީހަކަށް ފާފައިން ދުރުވެގެން އުޅުމަށް ބާރުލިބޭނެއެވެ. ފުރިފައެވެ. އެހެންކަމުން އޭނާ މާތްރަސްކަލާނގެ އެންގެވި ވަޙީގެ މި ބަސްފުޅުތައް މިފަދައިން ހާމަކުރިއެވެ:
68 ”ބަނީއިސްރާއީލުންގެ މާތްސާހިބުވަންތަ ރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ޝުކުރު ހުރި! އެކަލާނގެ، އެކަލާނގެ މީސްތަކުން ދިންނެވުމަށް ފައްޓަވައިފި.
69 މާތްރަސްކަލާނގެ މަތިވެރި ކުރެއްވި ރަސްގެފާނު ދާއޫދުގެފާނުގެ ދާއޫދުގެފާނު: ދާއޫދުގެފާނަކީ ބަނީއިސްރާއީލު މީހުންގެ މައްޗަށް ރަސްކަންކުރެއްވި ދެވަނަ ރަސްގެފާނެވެ. އެކަލޭގެފާނަކީ ވަރަށް ތުއްޕުޅު އިރުއްސުރެން ވެސް ވަރަށް ކެރޭ ހިތްވަރުގަދަ ބޭފުޅެކެވެ. މާތްރަސްކަލާނގެ އެކަލޭގެފާނުގެ މައްޗަށް ރުހިވޮޑިގެންވިއެވެ. އަދި އެކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ އަލްމަސީޙު ދުނިޔެއަށް ވަޑައިގަންނަވާނީ ދާއޫދުގެފާނުގެ ދަރިކޮޅުން ކަމުގައިވެސް މާތްރަސްކަލާނގެ އެންގެވިއެވެ. އީސާގެފާނުގެ މަންމާފުޅު މަރިޔަމްގެފާނަކީ ދާއޫދުގެފާނުގެ ދަރިކޮޅުގެ މީހަކެވެ. ދަރިކޮޅުން އަހަރެމެން ދިންނެވުމަށްޓަކައި މަތިވެރި ބޭކަލަކު ދުނިޔެއަށް އެބަފޮނުއްވާ.
70 އެއީ އެކަލާނގެ އެތައް ޒަމާނެއްގެ ކުރިން ރަސޫލުންނާއި ރަސޫލުބޭކަލުން: ރަސޫލުންނަކީ މާތްރަސްކަލާނގެ ދެއްވާ ޚަބަރަކާއިގެން މީސްތަކުންގެ ކާރިއަށް އަންނަ މީހާއެވެ. އަރަބި ބަހުން މިލަފުޒުގެ މާނައަކީ ޚަބަރު ގެނެސްދޭ މީހާއެވެ. ބަނީއިސްރާއީލުންގެ ތާރީޚުގައި ވަރަށް ގިނަ މުހިންމު ރަސޫލުބޭކަލުންނެއް ހިމެނެއެވެ. އަދި މިއިން ކޮންމެ ރަސޫލުބޭކަލަކު ވެސް މީސްތަކުންނަށް ދެއްވެވީ މާތްރަސްކަލާނގެ ކިބަފުޅާއި މެދު އެއް ޚަބަރު ފުޅުތަކެކެވެ. މިއިން އެއްވެސް ރަސޫލުބޭކަލަކު އާދީނަކަށް އުޅުމަކަށް މީސްތަކުންނަކަށް ނާންގަވައެވެ. އަދި މި ރަސޫލުބޭކަލުން މާތްރަސްކަލާނގެ ދެއްވި ޚަބަރުފުޅުތަކާއިގެން ވަޑައިގެންނެވީ ތާރީހުގެ އެކި އެކި ދުވަސްވަރު ކަމުގައި ވިޔަސް އެއްރަސޫލުބޭކަލަކަށް ފަހު އަނެއް ރަސޫލުބޭކަލެއްގެ ބަސްފުޅުތައް ބާތިލުވެ އުވިގެނެއް ވެސް ނުދެއެވެ. އެބޭކަލުންގެ ބަސްފުޅުތަކަކީ ހަމަ އެއްބަސްފުޅެކެވެ. އެއީ މާތްރަސްކަލާނގެ ބަސްފުޅުތަކެވެ. ނަބީބޭކަލުން މެދުވެރިކޮށް ކުރައްވާފައިވާ ވަޢުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން.
71 އެކަލޭގެފާނު އަހަރެމެންގެ ދުޝްމިނުންނާއި އަހަރެމެން ދެކެ ރުޅިއަންނަ މީހުންގެ ކިބައިން އަހަރެމެން ސަލާމަތް ކުރައްވާނެ.
72 މާތްރަސްކަލާނގެ މިކަލޭގެފާނު އެފޮނުއްވަނީ އަހަރެމެންގެ ކާބަފައިކަލުން އިބްރާހީމްގެފާނުގެ ދަރިކޮޅުގެ އެންމެންނަށް ރަޙުމަތެއްގެ ގޮތުގަ. އެއީ އެކަލާނގެ އިބްރާހީމްގެފާނާއެކު ގާއިމު ކުރައްވާފައިވާ ޢަހުދުނާމާއާ އެއްގޮތްވާ ގޮތުގެ މަތިން.
73 މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް ވަޢުދުފުޅުވެ ވަޑައިގެންނެވީ 74 އަހަރެމެން އަހަރެމެންގެ އަދާވަތްތެރިންގެ ކިބައިން ސަލާމަތް ކުރައްވާނެ ކަމުގަ. އޭރުން އަހަރެމެން އެ އަދާވަތްތެރިންނަށް ބިރުގަންނާކަށް ނުޖެހޭނެ.
75 އަދި އޭރުން އަހަރެމެންގެ މުޅި އުމުރުމެ އެކަލާނގެ ރުހިވޮޑިގެންވާ ގޮތުގައި އެކަލާނގެ ކިބަފުޅަށް އަޅުކަން ކުރުމުގައާއި ސާލިހު ކަންމަތީ ދެމިތިބެވޭނެ.“
76 އެއަށް ފަހު ޒަކަރިއްޔާ އޭނާގެ ދަރިފުޅަށް ބުންޏެވެ.
”މަގޭ ދަރިފުޅާ! ތިޔައީ މާތް ސާހިބުވަންތަ ރަސްކަލާނގެ ދުނިޔެއަށް ޒިޔާރަތްކުރެއްވުމުގެ ކުރިން އެކަލާނގެއަށްޓަކައި މަގު ތައްޔާރުކުރުމަށް އެކަލާނގެ ފޮނުއްވި ރަސޫލާ.
77 އެކަލާނގެ މީސްތަކުންނަށް އެމީހުންގެ ފާފަތަކުން މިންޖުވެވޭނޭ ގޮތް އަންގައިދިނުމަށް ފޮނުއްވި ރަސޫލާ.
78 މަތިވެރި މާތްރަސްކަލާނގެ އެފަދައިން ކަންކުރެއްވީ އެކަލާނގެ އަހަރެމެންގެ މައްޗަށް ހަމްދަރުދީވެ ވޮޑިގެން ވާތީ. މާތްރަސްކަލާނގެ އެކަލާނގެ ޚާއްސަ ކުރައްވާފައިވާ ބޭކަލުން އަހަރެމެންގެ ތެރެއަށް ވިދާ ބަބުޅާ އައްޔެއް ފަދައިން ފޮނުއްވާނެ.
79 އެ އަލީގެ ސަބަބުން ބިރާއި އަނދިރީގެ ތެރޭގައި ވާ މީހުންނަށް އަލިކަން ލިބި ތެދުމަގު ފެންނާނެ. އަދި އަހަރެމެންގެ ފިޔަވަޅުތައް އަމާންކަމުގެ މަގަށް އެނބުރޭނެ.“
80 ދުވަސްތައް ވޭތިވެ ޔަޙުޔާގެފާނު ޔަޙުޔާގެފާނު: ޔަޙުޔާގެފާނަކީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ އަލްމަސީޙު ވަޑައިގަންނަވާ ޚަބަރު މީސްތަކުންނަށް ދެއްވައި އެކަމަށް އެމީހުން ތައްޔާރު ކުރުވުމަށް މާތްރަސްކަލާނގެ ފޮނުއްވި ނަބީ ބޭކަލެކެވެ. އެކަލޭގެފާނު މީސްތަކުންނަށް ތައުބާވެ ތައުބާގެ ހިނެވުމުން ހިނައިގަތުމަށް ގޮވާލެއްވިއެވެ. ބޮޑުފުޅުވިއެވެ. މާތްރޫޙުފުޅު މާތްރޫޙުފުޅު: މާތްރޫޙުފުޅަކީ މާތްރަސްކަލާނގެ ރޫޙުފުޅެވެ. މިރޫޙުފުޅަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު ކަމުގައިވާ އީސާގެފާނު ޤަބޫލުކުރާ މީހުންނަށް މާތްރަސްކަލާނގެ ދެއްވާ ހަދިޔާއެކެވެ. އެކަލޭގެފާނުގެ ބަސްފުޅުތަކުގެ އަޑުއަހާ އެބަސްފުޅުތަކަށް ކިޔަމަންވާ މީހުންނަށް މާތްރޫޙުފުގެ އެހީތެރިކަން ލިބޭނެއެވެ. އަދި އީސާގެފާނު މެދުވެރިކޮށް ދެއްވި ދިންނަވާނޭ މަގުން އުޅުމަށް ވެސް މާތްރޫޙުފުޅު މީސްތަކުންނަށް އެހީތެރިވެދެއްވާނެއެވެ. މާތްރޫޙުފުޅުގެ ސަބަބުން އެރޫޙުފުޅު އެމީހަކާއި އެކުގައިވާ މީހަކަށް ފާފައިން ދުރުވެގެން އުޅުމަށް ބާރުލިބޭނެއެވެ. ޔަޙުޔާގެފާނަށް މާތްރަސްކަލާނގެ އާއިމެދު އުނގަންނައި ދެއްވިއެވެ. ޔަޙުޔާގެފާނު ބޮޑުފުޅު ވުމަށް ފަހު، އެކަހެރި މީހުން ނޫޅޭ ހިސާބަކަށް ވަޑައިގެން އެތަނުގައި ދިރިއުޅުއްވިއެވެ. ދެން އެތައް ދުވަހަކަށް ފަހު އެކަލޭގެފާނު އެތަނުން އެނބުރި ވަޑައިގެން ބަނީއިސްރާއީލުންގެ މީހުންގެތެރޭގައި ފާޅުގައި މާތްރަސްކަލާނގެ އާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމަށް ފެއްޓެވިއެވެ.

1‏:1 ތިޔޯފިލުސް: ތިޔޯފިލުސް އަކީ ރޯމުގެ ސަރުކާރުގެ މަތީ މީހެކެވެ. އޭނާއަކީ އީސާގެފާނުގެ ޚަބަރުތައް އިވި އެކަލޭގެފާނާއި ބެހޭގޮތުން އިތުރަށް އެނގުމަށް ބޭނުންވެ ހޯދާ އުޅުނު މީހެކެވެ. ކީރިތި ޚަބަރުފުޅުގެ ހަތަރު ފޮތްކޮޅުގެ ތެރެއިން އެއްފޮތްކޮޅަކީ ލުކާސްއެވެ. އެފޮތްކޮޅުގައި އީސާގެފާނާއި ބެހޭ ހުރިހާ ޚަބަރެއް އެކަންތައްތައް ފެށުނީއްސުރެ ނިމެންދެން ލޮލުން ދުށް މީހުން ދިން ފުރިހަމަ ހެކިތަކާއި އެއްގޮތަށް ލިޔެވިފައި ވެއެވެ. އަދި އީސާގެފާނުގެ ހުރިހާ އަސްހާބީންނާއި އަދި އެކަލޭގެފާނުގެ ޚާއްސަ ބާރަ އަސްހާބީން އީސާގެފާނު ދެއްވި އުފާވެރި ޚަބަރުފުޅު އެންމެންނަށް އެންގުމަށް މަސައްކަތް ކުރިއެވެ. އެގޮތުން ލޫކާސް ފޮތްކޮޅު ފުރަތަމަ ލިޔެވުނީ ތިޔޯފިލުސް އަށް ވެސް މިއުފާވެރި ޚަބަރު ދީ ހުރިހާ ކަމެއް ސާފުކޮށް ކިޔައިދީ އޮޅުންފިލުވާ ދިނުމަށްޓަކައެވެ. އަދި ދެވަނައަށް ލުކާސް ލިޔުއްވި ފޮތްކޮޅު ކަމުގައިވާ ”އީސާގެފާނުގެ ބަސްފުޅު ފާޅުކުރުމަށް މަންދޫބުން ކުރެއްވި މަސައްކަތް“ މިފޮތް ވެސް ސިޓީއެއްގެ ގޮތުގައި ލިޔެ ތިޔޯފުލުސްއަށް ފޮނުވުނެވެ.

1‏:5 ހެރޮދު: ހެރޮދު އަކީ ބަނީއިސްރާއީލުންގެ ހިސާބެއްކަމުގައިވީ ގަލީލީ އާއި ޕެރެއާ ސަރަހައްދުގެ މައްޗަށް ރަސްކަންކުރެއްވި ރަސްކަލެކެވެ. މިރަސްކަން އޭނާއަށް ލިބިވަޑައިގެންނެވީ އޭނާގެ ބައްޕާފުޅުގެ ފަރާތުންނެވެ. އޭނާގެ ބައްޕާފުޅުގެ ނަމަކީ ވެސް ހެރޮދުއެވެ. އޭނާގެ ބައްޕާފުޅަކީ ޖުދެއާގެ މައްޗަށް ރަސްކަންކުރެއްވި ރަސްކަލެކެވެ. ހެރޮދުގެ ރަސްކަމުގެ ޒަމާނުގައި ވެސް ބަނީއިސްރާއީލު އޮތީ ރޫމުގެ ސަރުކާރުގެ އަތްދަށުގައެވެ. މިރަސްރަސްކަލުންގެ ބާރާއި އަމުރު ފަލަސްތީނުގެ ސަރަހައްދުގެ މައްޗަށް ހިންގި ނަމަވެސް އެމީހުން ކަންތައް ކުރަންޖެހެނީ ރޫމު ސަރުކާރުން އަންގާގޮތުގެ މަތިންނެވެ.

1‏:5 އިމާމުން: އިމާމުންނަކީ ބައިތުލް މަޤްދިސްގެ ޚަރަމްފުޅުގައި ޚިދުމަތް ކުރާ މީހުންނެވެ. ބައިތުލް މަޤްދިސްގެ ޚަރަމްފުޅުގައި ޚިދުމަތް ކުރާ އެތައް ބައިވަރު އިމާމުންނެއްވިއެވެ. އިމާމުން ބައިތުލް މަޤްދިސް ފިޔަވާ އެހެން އެއްވެސް ދީނީ މަރުކަޒެއްގައި ޚިދުމަތެއް ނުކުރެއެވެ. އެމީހުންގެ ވަޒީފާގެ މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިންމު އެއްކަމަކީ މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަމުގެ ގޮތުން ކުރެވޭ ޤުރުބާންތައް ގެނައުމުން އެއެއްޗެތި އަންދާ އަދި މީހުންނަށްޓަކާ ދުޢާކުރުމެވެ. ބަނީއިސްރާއީލުންގެ މެދުގައި އިމާމުންނަށް ވަރަށް އިޙުތިރާމް ކުރެވެއެވެ. އިމާމުންގެ ތެރޭގައި ތިންދަރަޖައެއް ވެއެވެ. އެއީ އިމާމުންނާއި، ބޮޑުއިމާމުންނާއި އަދި އުއްތަމަ އިމާމެވެ. އިމާމުންނާއި ބޮޑުއިމާމުންގެ ހުރިހާ އެންމެންނަކީ ވެސް އުއްތަމަ އިމާމުގެ ދަށުން މަސައްކަތް ކުރާ ބައެކެވެ. އުއްތަމަ އިމާމަކީ ދީނީ ހުރިހާ ކަމެއްގައިވެސް އެންމެ އިސްފަރާތެވެ.

1‏:5 ހާރޫނުގެފާނު: ބަނީއިސްރާއީލުގެ މުޅި ތާރީހުގައިވެސް އެންމެ ފުރަތަމަ އުއްތަމަ އިމާމަކީ ހާރޫނުގެފާނުއެވެ. ހާރޫނުގެފާނަކީ މޫސާގެފާނުގެ ބޭބޭފުޅެވެ. ބަނީއިސްރާއީލުގެ ހުރިހާ އިމާމުން ވެސް މަޝްހޫރުވެފައި ވަނީ ’ހާރޫނުގެފާނުގެ ދަރިން‘ މިފަދައިންނެވެ. ޔަޙުޔާގެފާނުގެ މަންމާފުޅު އެލިޒަބަތު އާއި އެކަލޭގެފާނުގެ ބައްޕާފުޅު ޒަކަރިއްޔާ އަކީ ވެސް ހާރޫނުގެފާނުގެ ދަރިކޮޅުގެ މީހުންނެވެ.

*1‏:5 ހާރޫނުގެފާނަކީ ބަނީއިސްރާއީލުގެ އެންމެ ފުރަތަމަ އިމާމެވެ. ހާރޫނުގެފާނުގެ ދަރިކޮޅުގެ އެންމެންނަކީ ވެސް އިމާމުންނެވެ.

1‏:8 ބައިތުލް މަޤްދިސް: މިއީ ޖެރޫސަލަމުގައިވީ ބަނީއިސްރާއީލުންގެ މުހިންމު ހަރަމްފުޅެވެ. މިހަރަމްފުޅުބައި ކުރެވިފައި ވަނީ ހަތަރު ބަޔަކަށެވެ. އެންމެ ބޭރަށް ވާ ބަޔަކީ އެންމެންނަށް ވަނުމަށް ހުއްދަ އޮންނަ ބަޔެވެ. މިބަޔަށް ބަނީއިސްރާއީލު މީހުން ފިޔަވާ އެހެން މީހުންނަށް ވެސް ވަނުން ހުއްދައެވެ. އެއާއި ޖެހިގެން އެތެރެއަށް އޮންނަ ބަޔަކީ ޚާއްސަކޮށް އަންހެނުން އަޅުކަން ކުރުމަށް އޮންނަބަޔެވެ. ދެން އެއާ ޖެހިގެން އެތެރެއަށް އޮންނަ ބަޔަކީ ފިރިހެނުންގެ ބަޔެވެ. ދެން އޭގެ އެތެރެއަށް އޮންނަ ބަޔަކީ އިމާމުންގެ ބަޔެވެ. މިހަތަރު ބައިގެ މެދުގައި ވަނީ ހަރަމް ފުޅުގެ އެންމެ މާތް ތަނެވެ. އެތަނަށް ވަނުން ހުއްދަ އޮންނަނީ ހަމައެކަނި އުއްތަމަ އިމާމަށެވެ. އެއީ ވެސް އަހަރަކު އެއްފަހަރު ޚާއްސަ އަޅުކަމެއް ކުރުމަށްޓަކައެވެ.

1‏:11 މަލާއިކަތުން: މަލާއިކަތުންނަކީ މާތްރަސްކަލާނގެ އަންގަވާ ކަންކަމާއިގެން ފޮނުއްވޭ އެކަލާނގެ އުފެއްދެވި ބޭކަލުންނެވެ. މިއީ އިންސާނުން ނޫން ނަމަވެސް ބައެއްފަހަރު އެބޭކަލުން އިންސާނުންގެ ސިފައިގައި ވަގުތީ ގޮތަކުން ތިއްބަވައެވެ. މާތްރަސްކަލާނގެ މަލާއިކަތުން މީހުންގެ ގާތަށް ފޮނުއްވައިގެން މީހުންނަށް އެހީވެ ދެއްވާ އަދި ބައެއް މުހިންމު ހާދިސާތަކުގެ ޚަބަރު ދެއްވަ އެވެ.

1‏:15 މާތްރޫޙުފުޅު: މާތްރޫޙުފުޅަކީ މާތްރަސްކަލާނގެ ރޫޙުފުޅެވެ. މިރޫޙުފުޅަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު ކަމުގައިވާ އީސާގެފާނު ޤަބޫލުކުރާ މީހުންނަށް މާތްރަސްކަލާނގެ ދެއްވާ ހަދިޔާއެކެވެ. އެކަލޭގެފާނުގެ ބަސްފުޅުތަކުގެ އަޑުއަހާ އެބަސްފުޅުތަކަށް ކިޔަމަންވާ މީހުންނަށް މާތްރޫޙުފުގެ އެހީތެރިކަން ލިބޭނެއެވެ. އަދި އީސާގެފާނު މެދުވެރިކޮށް ދެއްވި ދިންނަވާނޭ މަގުން އުޅުމަށް ވެސް މާތްރޫޙުފުޅު މީސްތަކުންނަށް އެހީތެރިވެދެއްވާނެއެވެ. މާތްރޫޙުފުޅުގެ ސަބަބުން އެރޫޙުފުޅު އެމީހަކާއި އެކުގައިވާ މީހަކަށް ފާފައިން ދުރުވެގެން އުޅުމަށް ބާރުލިބޭނެއެވެ.

1‏:17 އިލިޔާސްގެފާނު: އެކަލޭގެފާނަކީ ބަނީއިސްރާއީލުގެ މީހުންގެ ގާތަށް ފޮނުއްވުނު ރަސޫލުބޭކަލުންގެ ތެރެއިން ވަރަށް މުހިންމު އެއްރަސޫލުބޭކަލެކެވެ. އެކަލޭގެފާނު މޫސާގެފާނު އެންގެވި ގޮތާއި އަމުރުފުޅުތައް ދެމެހެއްޓުމަށްޓަކާ ވަރަށްބޮޑަށް މަސައްކަތް ކުރެއްވިއެވެ. އަދި މީސްތަކުން އެހެނިހެން ކަލާނގެތަކަށް އަޅުކަން ކުރުން ހުއްޓުމަށް ވެސް އެކަލޭގެފާނު ގަދަ އަޅާ މަސައްކަތް ކުރެއްވިއެވެ. އެކަލޭގެފާނު އުޅުއްވި ޒަމާނުގައި ބަޢަލް އޭ ކިޔުނު ކަލާނގެއަށް އަޅުކަންކުރުން ވަނީ ބަނީއިސްރާއީލުގެ މައްޗަށް ފެތުރިފައެވެ. އިލިޔާސްގެފާނަށް މާތްރަސްކަލާނގެ ކިބަފުޅުން ލިބިވަޑައިގެންނެވި ބާރުފުޅާއި އަޒުމާއި އެކު އެކަލޭގެފާނު ރަސްރަސްކަލުންނާއި ވެސް ދެކޮޅުހެއްދެވިއެވެ. އެމީހުން މާތްރަސްކަލާނގެ އެންގެވި މަގުން ކަންތައް ނުކުރާތީ އާއި އަދި ރައްޔިތުންގެ މައްޗަށް ވެރިކަންކުރާ ޚުދުމުޚުތާރު އިންސާފެއް ނެތް ގޮތާއި މެދު އެކަލޭގެފާނު ދެކޮޅުހެއްދެވިއެވެ. އިލިޔާސްގެފާނު މިދުނިޔޭގައި އުޅުއްވީ އީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ ގާތްކަޑަކަށް އަށް ސަތޭކަ ވަރަކަށް އަހަރު ކުރިންނެވެ.

1‏:26 މަލާއިކަތުން: މަލާއިކަތުންނަކީ މާތްރަސްކަލާނގެ އަންގަވާ ކަންކަމާއިގެން ފޮނުއްވޭ އެކަލާނގެ އުފެއްދެވި ބޭކަލުންނެވެ. މިއީ އިންސާނުން ނޫން ނަމަވެސް ބައެއްފަހަރު އެބޭކަލުން އިންސާނުންގެ ސިފައިގައި ވަގުތީ ގޮތަކުން ތިއްބަވައެވެ. މާތްރަސްކަލާނގެ މަލާއިކަތުން މީހުންގެ ގާތަށް ފޮނުއްވައިގެން މީހުންނަށް އެހީވެ ދެއްވާ އަދި ބައެއް މުހިންމު ހާދިސާތަކުގެ ޚަބަރު ދެއްވަ އެވެ.

1‏:27 ދާއޫދުގެފާނު: ދާއޫދުގެފާނަކީ ބަނީއިސްރާއީލު މީހުންގެ މައްޗަށް ރަސްކަންކުރެއްވި ދެވަނަ ރަސްގެފާނެވެ. އެކަލޭގެފާނަކީ ވަރަށް ތުއްޕުޅު އިރުއްސުރެން ވެސް ވަރަށް ކެރޭ ހިތްވަރުގަދަ ބޭފުޅެކެވެ. މާތްރަސްކަލާނގެ އެކަލޭގެފާނުގެ މައްޗަށް ރުހިވޮޑިގެންވިއެވެ. އަދި އެކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ އަލްމަސީޙު ދުނިޔެއަށް ވަޑައިގަންނަވާނީ ދާއޫދުގެފާނުގެ ދަރިކޮޅުން ކަމުގައިވެސް މާތްރަސްކަލާނގެ އެންގެވިއެވެ. އީސާގެފާނުގެ މަންމާފުޅު މަރިޔަމްގެފާނަކީ ދާއޫދުގެފާނުގެ ދަރިކޮޅުގެ މީހަކެވެ.

1‏:27 ދާއޫދުގެފާނަކީ ބަނީއިސްރާއީލުގެ ރަސްކަލުންގެ ތެރެއިން ހިމެނުނު ވަރަށް މުހިންމު ރަސްގެފާނެވެ.

1‏:35 މާތްރޫޙުފުޅު: މާތްރޫޙުފުޅަކީ މާތްރަސްކަލާނގެ ރޫޙުފުޅެވެ. މިރޫޙުފުޅަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު ކަމުގައިވާ އީސާގެފާނު ޤަބޫލުކުރާ މީހުންނަށް މާތްރަސްކަލާނގެ ދެއްވާ ހަދިޔާއެކެވެ. އެކަލޭގެފާނުގެ ބަސްފުޅުތަކުގެ އަޑުއަހާ އެބަސްފުޅުތަކަށް ކިޔަމަންވާ މީހުންނަށް މާތްރޫޙުފުގެ އެހީތެރިކަން ލިބޭނެއެވެ. އަދި އީސާގެފާނު މެދުވެރިކޮށް ދެއްވި ދިންނަވާނޭ މަގުން އުޅުމަށް ވެސް މާތްރޫޙުފުޅު މީސްތަކުންނަށް އެހީތެރިވެދެއްވާނެއެވެ. މާތްރޫޙުފުޅުގެ ސަބަބުން އެރޫޙުފުޅު އެމީހަކާއި އެކުގައިވާ މީހަކަށް ފާފައިން ދުރުވެގެން އުޅުމަށް ބާރުލިބޭނެއެވެ.

1‏:35 މާތްރަސްކަލާނގެ (ރޫޙާނީ) ދަރިކަލުން: މިއީ މާތްރަސްކަލާނގެ އާއި އިންސާނަކާއި ދެމެދު އޮންނަންވާނެ ގާތް ފުރިހަމަ ގުޅުމުގެ މާނަ ފާޅުކޮށްދީ ހާމަކުރުމަށް ބޭނުން ކުރެވޭ ލަފުޒެކެވެ. މި ލަފުޒު މިއީ އީސާގެފާނުގެ ލަޤަބުފުޅުތަކުގެ ތެރެއިން އެއްލަޤަބުފުޅެވެ. އީސާގެފާނު ވަރަށް ގިނަ ފަހަރުމަތިން މާތްރަސްކަލާނގެ ކިބަފުޅާއި މެދު އަންގަވައި ދެއްވާ އުގަންނައި ދެއްވަމުން ގެންދެވި އިރު އެކަލާނގެ ކިބަފުޅަށް ބައްޕާފުޅޭ ވިދާޅުވެ މުޙާތަބު ކުރައްވާފައި ވެއެވެ.

1‏:40‏-41 މާތްރޫޙުފުޅު: މާތްރޫޙުފުޅަކީ މާތްރަސްކަލާނގެ ރޫޙުފުޅެވެ. މިރޫޙުފުޅަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު ކަމުގައިވާ އީސާގެފާނު ޤަބޫލުކުރާ މީހުންނަށް މާތްރަސްކަލާނގެ ދެއްވާ ހަދިޔާއެކެވެ. އެކަލޭގެފާނުގެ ބަސްފުޅުތަކުގެ އަޑުއަހާ އެބަސްފުޅުތަކަށް ކިޔަމަންވާ މީހުންނަށް މާތްރޫޙުފުގެ އެހީތެރިކަން ލިބޭނެއެވެ. އަދި އީސާގެފާނު މެދުވެރިކޮށް ދެއްވި ދިންނަވާނޭ މަގުން އުޅުމަށް ވެސް މާތްރޫޙުފުޅު މީސްތަކުންނަށް އެހީތެރިވެދެއްވާނެއެވެ. މާތްރޫޙުފުޅުގެ ސަބަބުން އެރޫޙުފުޅު އެމީހަކާއި އެކުގައިވާ މީހަކަށް ފާފައިން ދުރުވެގެން އުޅުމަށް ބާރުލިބޭނެއެވެ.

1‏:67 ޔަޙުޔާގެފާނު: ޔަޙުޔާގެފާނަކީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ އަލްމަސީޙު ވަޑައިގަންނަވާ ޚަބަރު މީސްތަކުންނަށް ދެއްވައި އެކަމަށް އެމީހުން ތައްޔާރު ކުރުވުމަށް މާތްރަސްކަލާނގެ ފޮނުއްވި ނަބީ ބޭކަލެކެވެ. އެކަލޭގެފާނު މީސްތަކުންނަށް ތައުބާވެ ތައުބާގެ ހިނެވުމުން ހިނައިގަތުމަށް ގޮވާލެއްވިއެވެ.

1‏:67 މާތްރޫޙުފުޅު: މާތްރޫޙުފުޅަކީ މާތްރަސްކަލާނގެ ރޫޙުފުޅެވެ. މިރޫޙުފުޅަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު ކަމުގައިވާ އީސާގެފާނު ޤަބޫލުކުރާ މީހުންނަށް މާތްރަސްކަލާނގެ ދެއްވާ ހަދިޔާއެކެވެ. އެކަލޭގެފާނުގެ ބަސްފުޅުތަކުގެ އަޑުއަހާ އެބަސްފުޅުތަކަށް ކިޔަމަންވާ މީހުންނަށް މާތްރޫޙުފުގެ އެހީތެރިކަން ލިބޭނެއެވެ. އަދި އީސާގެފާނު މެދުވެރިކޮށް ދެއްވި ދިންނަވާނޭ މަގުން އުޅުމަށް ވެސް މާތްރޫޙުފުޅު މީސްތަކުންނަށް އެހީތެރިވެދެއްވާނެއެވެ. މާތްރޫޙުފުޅުގެ ސަބަބުން އެރޫޙުފުޅު އެމީހަކާއި އެކުގައިވާ މީހަކަށް ފާފައިން ދުރުވެގެން އުޅުމަށް ބާރުލިބޭނެއެވެ.

1‏:69 ދާއޫދުގެފާނު: ދާއޫދުގެފާނަކީ ބަނީއިސްރާއީލު މީހުންގެ މައްޗަށް ރަސްކަންކުރެއްވި ދެވަނަ ރަސްގެފާނެވެ. އެކަލޭގެފާނަކީ ވަރަށް ތުއްޕުޅު އިރުއްސުރެން ވެސް ވަރަށް ކެރޭ ހިތްވަރުގަދަ ބޭފުޅެކެވެ. މާތްރަސްކަލާނގެ އެކަލޭގެފާނުގެ މައްޗަށް ރުހިވޮޑިގެންވިއެވެ. އަދި އެކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ އަލްމަސީޙު ދުނިޔެއަށް ވަޑައިގަންނަވާނީ ދާއޫދުގެފާނުގެ ދަރިކޮޅުން ކަމުގައިވެސް މާތްރަސްކަލާނގެ އެންގެވިއެވެ. އީސާގެފާނުގެ މަންމާފުޅު މަރިޔަމްގެފާނަކީ ދާއޫދުގެފާނުގެ ދަރިކޮޅުގެ މީހަކެވެ.

1‏:70 ރަސޫލުބޭކަލުން: ރަސޫލުންނަކީ މާތްރަސްކަލާނގެ ދެއްވާ ޚަބަރަކާއިގެން މީސްތަކުންގެ ކާރިއަށް އަންނަ މީހާއެވެ. އަރަބި ބަހުން މިލަފުޒުގެ މާނައަކީ ޚަބަރު ގެނެސްދޭ މީހާއެވެ. ބަނީއިސްރާއީލުންގެ ތާރީޚުގައި ވަރަށް ގިނަ މުހިންމު ރަސޫލުބޭކަލުންނެއް ހިމެނެއެވެ. އަދި މިއިން ކޮންމެ ރަސޫލުބޭކަލަކު ވެސް މީސްތަކުންނަށް ދެއްވެވީ މާތްރަސްކަލާނގެ ކިބަފުޅާއި މެދު އެއް ޚަބަރު ފުޅުތަކެކެވެ. މިއިން އެއްވެސް ރަސޫލުބޭކަލަކު އާދީނަކަށް އުޅުމަކަށް މީސްތަކުންނަކަށް ނާންގަވައެވެ. އަދި މި ރަސޫލުބޭކަލުން މާތްރަސްކަލާނގެ ދެއްވި ޚަބަރުފުޅުތަކާއިގެން ވަޑައިގެންނެވީ ތާރީހުގެ އެކި އެކި ދުވަސްވަރު ކަމުގައި ވިޔަސް އެއްރަސޫލުބޭކަލަކަށް ފަހު އަނެއް ރަސޫލުބޭކަލެއްގެ ބަސްފުޅުތައް ބާތިލުވެ އުވިގެނެއް ވެސް ނުދެއެވެ. އެބޭކަލުންގެ ބަސްފުޅުތަކަކީ ހަމަ އެއްބަސްފުޅެކެވެ. އެއީ މާތްރަސްކަލާނގެ ބަސްފުޅުތަކެވެ.

1‏:80 ޔަޙުޔާގެފާނު: ޔަޙުޔާގެފާނަކީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ އަލްމަސީޙު ވަޑައިގަންނަވާ ޚަބަރު މީސްތަކުންނަށް ދެއްވައި އެކަމަށް އެމީހުން ތައްޔާރު ކުރުވުމަށް މާތްރަސްކަލާނގެ ފޮނުއްވި ނަބީ ބޭކަލެކެވެ. އެކަލޭގެފާނު މީސްތަކުންނަށް ތައުބާވެ ތައުބާގެ ހިނެވުމުން ހިނައިގަތުމަށް ގޮވާލެއްވިއެވެ.

1‏:80 މާތްރޫޙުފުޅު: މާތްރޫޙުފުޅަކީ މާތްރަސްކަލާނގެ ރޫޙުފުޅެވެ. މިރޫޙުފުޅަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު ކަމުގައިވާ އީސާގެފާނު ޤަބޫލުކުރާ މީހުންނަށް މާތްރަސްކަލާނގެ ދެއްވާ ހަދިޔާއެކެވެ. އެކަލޭގެފާނުގެ ބަސްފުޅުތަކުގެ އަޑުއަހާ އެބަސްފުޅުތަކަށް ކިޔަމަންވާ މީހުންނަށް މާތްރޫޙުފުގެ އެހީތެރިކަން ލިބޭނެއެވެ. އަދި އީސާގެފާނު މެދުވެރިކޮށް ދެއްވި ދިންނަވާނޭ މަގުން އުޅުމަށް ވެސް މާތްރޫޙުފުޅު މީސްތަކުންނަށް އެހީތެރިވެދެއްވާނެއެވެ. މާތްރޫޙުފުޅުގެ ސަބަބުން އެރޫޙުފުޅު އެމީހަކާއި އެކުގައިވާ މީހަކަށް ފާފައިން ދުރުވެގެން އުޅުމަށް ބާރުލިބޭނެއެވެ.