2
އީސާގެފާނު ދެއްކެވި ފުރަތަމަ މުޢުޖިޒާތް
އޭގެ ދެ ދުވަހެއް ފަހުން އީސާގެފާނުގެ މަންމާފުޅު މަރިޔަމްގެފާނު ގަލީލީގެ ރަށެއް ކަމުގައިވީ ޤާނާގައި އޮތް ކައިވެނި ޖާފަތަކަށް ވަޑައިގަތެވެ. އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީންނަށް އަސްޙާބީން: އަރަބި ބަހުން މި ލަފުޒުގެ މާނައަކީ ދަސްކޮށްދެވިފައި ވާ ފަދައިން ކަންކުރާ މީހާ އެވެ. ނުވަތަ އަބަދުމެ އެކުގައިވާ މީހާއެވެ. ރަސޫލުބޭކަލުންނާއި ނަބީބޭކަލުންނަށް ތަބާވެ އެބޭކަލުން އަންގަވައި ދަސްފުޅު ކޮށްދެއްވާފައިވާ ފަދައިން ކަންކުރާ މީހުންނަށް ވެސް އަސްޙާބީންނޭ ކިޔެއެވެ. އަދި އެދުރަކުގެ ކިބައިން ކަންތައްތައް ދަސްކޮށް އެ ދަސް ކުރި ގޮތަށް ކަންތައް ކުރާ މީހުންނަށް ވެސް އަރަބި ބަހުން ”އަސްޙާބީ“ މިލަފުޒު ބައެއްފަހަރު ބޭނުން ކުރެއެވެ. އީސާގެފާނުގެ އެތައް ބައިވަރު އަސްޙާބީންނެއް ވިއެވެ. އެކަލޭގެފާނު އެންގެވި ބަސްފުޅުތައް އަޑުއަހާ އެބަސްފުޅުތައް ޤަބޫލު ކުރި މީހުން ގެތެރޭގައި ފިރިހެނުންނާއި އަންހެނުން ހިމެނުނެވެ. އީސާގެފާނު ބާރަ މީހުން އެކަލޭގެފާނުގެ ޚާއްސަ އަސްޙާބީން ކަމުގައި އައްޔަން ކުރެއްވިއެވެ. އެކަލޭގެފާނު މީސްތަކުންގެ މެދުގައި މާތްރަސްކަލާނގެ އާއިމެދު ވާހަކަފުޅު ދައްކަވާ ދަސްކޮށްދެއްވަމުން ގެންދެވި އިރު އަބަދުމެ މިބާރަ އަސްޙާބީން އެކަލޭގެފާނުގެ އަރިހުގައި ވިއެވެ. އަދި މީގެ އިތުރުންވެސް އެތައް ހާސް ބަޔަކު އީސާގެފާނަށް އީމާންވެ އެކަލޭގެފާނުގެ ބަސްފުޅުތައް ޤަބޫލުކުރުމުގެ ސަބަބުން އެކަލޭގެފާނުގެ އަސްޙާބީން ކަމުގައި ވިއެވެ. ހަމަ އެފަދައިން މިއަދު ވެސް އީސާގެފާނުގެ ބަސްފުޅުތައް ޤަބޫލުކޮށް އެބަސްފުޅުތަކާއި އެއްގޮތަށް އަމަލުކޮށް އެބަސްފުޅުތަކަށް އީމާންވާ ކޮންމެ މީހަކީވެސް އީސާގެފާނުގެ އަސްޙާބީއެއް ކަމުގައި ހިމެނޭނެ އެވެ. އަދި އެކަލޭގެފާނުގެ ކޮންމެ އަސްޙާބީއަކުމެ އެކަލޭގެފާނާއި ބެހޭ އުފާވެރި ޚަބަރުފުޅު އެހެން މީހުންނަށް އަންގައި ދޭން ޖެހޭނެއެވެ. ވެސް އެޖާފަތަށް ދައުވަތު ދެވިފައި ވާތީ އެބޭކަލުން ވެސް އެތާނ ތިއްބެވިއެވެ. ޖާފަތުގެ މެދުތެރޭ އެ ޖާފަތަށް ގެނެވިފައިހުރި މޭބިސްކަދުރުގެ ދިޔަ* މޭބިސްކަދުރުގެ ދިޔަ އަކީ އެޒަމާނުގައި މީހުން އާދަވެ ބޮއި އުޅޭ ބުއިމެކެވެ. މިބުއިމަށް އިނގިރޭސި ބަހުން ކިޔެނީ ”ވައިން“ އެވެ. މިއީ މޭބިސްކަދުރުގެ ދިޔަ ހުތްކޮށްގެން ހެދޭ ބުއިމެކެވެ. ހުސްވިއެވެ. ދެން އީސާގެފާނުގެ މަންމާފުޅު އީސާގެފާނަށް ދެންނެވިއެވެ. ”އެމީހުން އަތުގައި ހުރި ހުރިހާ މޭބިސްކަދުރުގެ ދިޔަ ހުސްވެއްޖެ.“
އީސާގެފާނު ވިދާޅުވިއެވެ. ”ކުރަންވީ ކީއްކަން އަހަރެން ގާތު ވިދާޅު ނުވޭ. އަހަރެންގެ ވަގުތެއް އަދި ނުޖެހޭ.“
ނަމަވެސް އީސާގެފާނުގެ މަންމާފުޅު އެގޭގެ ނޯކަރުންނަށް ވިދާޅުވިއެވެ. ”އޭނާ އަންގާ ގޮތަކަށް ކަލޭމެން ކަންތައް ކުރޭ.“
ބަނީއިސްރާއީލު މީހުން ދީނީގޮތުން ސާފުތޯހިރު ވެގަތުމަށް ވަރަށް ގިނަ ގަވާއިދުތަކެއް ގެންގުޅެއެވެ. އެގޮތުން އެފަދައިން ސާފުތޯހިރުވުމަށް ބޭނުން ކުރުމަށް ފެން އަޅާފައި ހުންނަ ޒާތުގެ ހިލައިގެ ހަ ރުނބާ އެތާނގައި ހުއްޓެވެ. އޭގެ ކޮންމެ ރުނބަޔަކަށް ވިހިތިރީސް ގެލަނުގެ ފެން އެޅޭ ވަރުވެއެވެ. އީސާގެފާނު އެގޭގެ ނޯކަރުންނަށް އެންގެވިއެވެ. ”އެ ރުނބާތަކަށް ފެން އަޅާ ފުރާލާ.“ ދެން އެމީހުން އެ ހުރިހާ ރުނބާތަކުގެ ތުނބާ ހަމަޔަށް ފެން އެޅިއެވެ.
ދެން އީސާގެފާނު ވިދާޅުވިއެވެ. ”އޭގެ ރުނބަޔަކުން ފެންޖަގެއް ނަގައި މި ޕާޓީގެ އިސްވެރިޔަކަށް ހުރި މީހާއަށް ގެންގޮސްދީ.“ ދެން އެމީހުން އެކަލޭގެފާނު އެ އެންގެވި ގޮތަށް ކަންތައްކުރިއެވެ.
އެޖާފަތުގެ އިސްވެރިޔަކަށް ހުރިމީހާ އެއިން ރަހަބަލާލިއެވެ. އޭރު އެފެން ވަނީ މޭބިސްކަދުރުގެ ދިޔައަށް ބަދަލުވެފައެވެ. އެގޭގެ ނޯކަރުންނަށް ހުރިހާ ކަމެއް އެނގުނު ނަމަވެސް، މި މޭބިސްކަދުރުގެ ދިޔަ ލިބުނީ ކޮން ގޮތަކުން ކަމެއް އެ އިސްވެރިޔަކަށް ނޭނގެއެވެ. ދެން އޭނާ ކައިވެނިވީ އަލަތު ފިރިމީހާއަށް ގޮވާގެނެސް ބުންޏެވެ. 10 ”އެހެން މީހުން އަބަދުވެސް އެންމެ މޮޅު މޭބިސްކަދުރުދިޔަ މެހުމާނުންނަށް ދެނީ އެންމެ ކުރީކޮޅު. ދެން މީހުން މޭބިސްކަދުރުގެ ދިޔަ ބޯތާ އެތައް އިރެއްވާފަހުން އެމީހުން ދެން ދޭނީ ތަންކޮޅެއް އަގުހެޔޮ މޭބިސްކަދުރުގެ ދިޔައެއް. ނަމަވެސް ކަލޭ އެންމެ މޮޅު މޭބިސްކަދުރުގެ ދިޔަ ތިޔަ ބެހެއްޓީ އެންމެ ފަހަށް.“
11 މިކަން ހިނގީ ގަލީލީގެ ޤާނާގައެވެ. އީސާގެފާނު ދެއްކެވި އެންމެފުރަތަމަ މާނަފުން މުޢުޖިޒާތަކީ މިއީއެވެ. އެތާނގައި އީސާގެފާނު އެކަލޭގެފާނުގެ ޖަލާލަތުކަން ދެއްކެވިއެވެ. އެއާއެކު އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނަށް އީމާންވިއެވެ.
12 މި ކައިވެނި ޖާފަތުގެ ކަންތަކުން ނިމިގެން އީސާގެފާނު އެކަލޭގެފާނުގެ މަންމާފުޅާއި އެކަލޭގެފާނުގެ ކޮއްކޮއިންނާއި އަދި އެކަލޭގެފާނުގެ އަސްޙާބީންނާއި އެކު ދެތިން ދުވަހަށް ކަޕަރުނައުމްއަށް ވަޑައިގެންނެވިއެވެ.
އީސާގެފާނު ބައިތުލް މަޤްދިސް ސާފުކުރެއްވި
13 ފަހަނަޅައި ދިއުމުގެ ޢީދުގެ ފަހަނަޅައި ދިއުމުގެ ޢީދު: މިއީ ބަނީއިސްރާއީލުގެ މީހުން މިޞްރުގައި ވެފައިވާ އަޅުވެތިކަމުން މާތްރަސްކަލާނގެ އެމީހުން މިންޖުކޮށްދެއްވި މުނާސަބާ ފާހަގަ ކޮށް އެކަންތަކުގެ ހަނދާން އާކުރުމަށްޓަކާ ފާހަގަކުރެވޭ ޢީދެކެވެ. މިޢީދުގައި ކުރެވޭ އެންމެ މުހިންމު އެއްކަމަކީ އެޢީދުގައި ކޮންމެ އާއިލާއަކުން ވެސް ޤުރުބާނެއްގެ ގޮތުގައި ކަތިލެވޭ ޅަ ކަންބަޅި ބަކަރި ކަތިލެވޭ ކަތިލެވުމެވެ. މީގެ މަސް ފިހުމަށް ފަހު އެއާއެކު އެޢީދުގައި އެމީހުން ކަނީ ކަމީރު ނުލާ ފިހެވިފައިވާ ބޯރޮއްޓާއި އަދި ހިތި ފަތްޕިލާވެލީގެ ބާވަތްތަކެކެވެ. މިޢީދުގައި ކަންބަޅި ބަކަރި ކަތިލެވޭ ސަބަބަކީ އެމީހުން މިޞްރުގައި އަޅުވެތިވެފައި ވީ ހިނދު މޫސާގެފާނު މިޞްރުގެ ރަސްގެފާނަށް އެތަކެއް ފަހަރު ދެންނެވުމުން ވެސް އެމީހުން މިނިވަން ކޮށްނުދިނުމުން މާތްރަސްކަލާނގެ މިޞްރުގެ މައްޗަށް ކޯފާއެއް ފޮނުއްވިއެވެ. އެއީ މާތްރަސްކަލާނގެ މަރުގެ މަލާއިކަތާ ފޮނުއްވާ އެޤައުމުގެ އެންމެހާ މީސްތަކުންގެ އެންމެ ދޮށީފިރިހެން ދަރިފުޅުގެ ފުރާނަ ގެންދެވުމެވެ. އެފަދައިން ކަންހިނގި ރޭގެ ކުރިން މޫސާގެފާނު މެދުވެރިކޮށް އެމީހުންނަށް މާތްރަސްކަލާނގެ އެންގެވީ ކަނބަޅިބަކަރި އެއް ޤުރުބާންކޮށް އޭގެ ލޭ އެގެއެއްގެ ދޮރުގައި ހޭކިފައިވާ ގެއަކަށް މަރުގެމަލާއިކަތާ ނުފޮނުއްވޭނެ ކަމުގައެވެ. އަދި ހިތިރަހަލާ ފަތްޕިލާވެލި އެޢީދުގައި ބޭނުން ކުރެވެނީ އަޅުވެތިކަމުގެ ދުވަސްތަކުގެ ހިތާމަތަކާއި ވޭން ހަނދާން ކުރުމަށްޓަކައެވެ. އަދި މާތްރަސްކަލާނގެ ކިބަފުޅަށް އަބަދުގެ އަބަދަށް ޝުކުރުކޮށް ކިޔަމަން ވުމަށް ހަނދާން ކުރުމަށްޓަކައެވެ. ބަނީއިސްރާއީލުގެ މީހުން މިޢީދު ފާހަގަކުރަނީ އެމީހުން މިޞްރުގައި އަޅުވެތިވެފައިވީ އަޅުވެތިވުމުން މާތްރަސްކަލާނގެ އެމީހުން ސަލާމަތްކޮށް ދެއްވި ކޮށްދެއްވުން އަބަދުގެ އަބަދަށް ހަދާންކޮށް އެކަން ފާހަގަކުރުމަށްޓަކައެވެ. މިޢީދަށް ހިބުރޫ ބަހުން ކިޔެނީ ޕަސާޙް އެވެ. ދުވަސް ވަނީ ވަރަށް ކައިރިވެފައެވެ. އެހެން ކަމުން އީސާގެފާނު ޖެރޫސަލަމަށް ވަޑައިގެންނެވިއެވެ. 14 އީސާގެފާނު ބައިތުލް މަޤްދިސްއަށް ބައިތުލް މަޤްދިސް: މިއީ ޖެރޫސަލަމުގައިވީ ބަނީއިސްރާއީލުންގެ މުހިންމު ހަރަމްފުޅެވެ. މިހަރަމްފުޅުބައި ކުރެވިފައި ވަނީ ހަތަރު ބަޔަކަށެވެ. އެންމެ ބޭރަށް ވާ ބަޔަކީ އެންމެންނަށް ވަނުމަށް ހުއްދަ އޮންނަ ބަޔެވެ. މިބަޔަށް ބަނީއިސްރާއީލު މީހުން ފިޔަވާ އެހެން މީހުންނަށް ވެސް ވަނުން ހުއްދައެވެ. އެއާއި ޖެހިގެން އެތެރެއަށް އޮންނަ ބަޔަކީ ޚާއްސަކޮށް އަންހެނުން އަޅުކަން ކުރުމަށް އޮންނަބަޔެވެ. ދެން އެއާ ޖެހިގެން އެތެރެއަށް އޮންނަ ބަޔަކީ ފިރިހެނުންގެ ބަޔެވެ. ދެން އޭގެ އެތެރެއަށް އޮންނަ ބަޔަކީ އިމާމުންގެ ބަޔެވެ. މިހަތަރު ބައިގެ މެދުގައި ވަނީ ހަރަމް ފުޅުގެ އެންމެ މާތް ތަނެވެ. އެތަނަށް ވަނުން ހުއްދަ އޮންނަނީ ހަމައެކަނި އުއްތަމަ އިމާމަށެވެ. އެއީ ވެސް އަހަރަކު އެއްފަހަރު ޚާއްސަ އަޅުކަމެއް ކުރުމަށްޓަކައެވެ. ވަޑައިގެންނެވި ހިނދު އެކަލޭގެފާނަށް ފެނި ވަޑައިގަތީ އެތާނގެ ގޯތިތެރޭގައި މީސްތަކުން ގެރި ބަކަރިއާއި، ކަންބަޅި ބަކަރިއާއި، ކޮތަރާއި ވިއްކަމުން ދާތަނެވެ. އަދި އެތާނގައި އެކިތަފާތު ޤައުމުތަކުގެ ފައިސާ މާރުކުރަން މޭޒުތައް ދޮށުގައި ތިބި މީހުން ވެސް އެކަލޭގެފާނަށް ފެނިވަޑައިގެންނެވިއެވެ. 15 އީސާގެފާނު ފަލަރޯނުތަކެއް އެއްކުރައްވައި ހަންމުއްޓެއް ހައްދަވައިގެން ގޮސް އެމީހުން އެތަނުން ފައްސަވާލެއްވިއެވެ. އަދި ގެރި ބަކަރިތަކާއި، ކަންބަޅި ބަކަރިތައް ވެސް ދޫކޮށްލެއްވިއެވެ. ލާރި މާރުކުރަން ތިބި މީހުންގެ މޭޒުތައް ބަންޑުންޖައްސަވައި އެމީހުންގެ ލާރިތައް ބުރުވާލެއްވިއެވެ. 16 ދެން ކޮތަރުތައް ވިއްކަން ތިބި މީހުންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”މިއެއްޗެހިތައް ހަމަ މިހާރު މިތަނުން ނެރޭ! އަހަރެންގެ ބައްޕާފުޅުގެ ގެކޮޅު ގަނެވިއްކާ ބާޒާރަކަށް ހަދައިގެން ނުވާނެ!“
17 މިތަން ފެނުމުން ފަތްފުށްތަކުގައިވާ މި ބަސްފުޅު އަސްޙާބީންނަށް ހަނދާންވިއެވެ. ”މާތްކަލާނކޯ! އިނބަރަސްކަލާނގެ ގެ ކޮޅާ މެދު އަހަރެން ހިތުގައިވާ ލޯބި ހުޅުފަޅައިގެން އަހަރެންގެ ހިތުގައި ރޯވެފައިވޭ.“ ޒަބޫރުގެ 69 ވަނަ ބާބުގެ 9 ވަނަ އާޔަތް.
18 ބަނީއިސްރާއީލުގެ ވެރިން އީސާގެފާނަށް ބުންޏެވެ. ”މިފަދަ ކަންތައްތައް ކުރަން ކަލެއަށް ހުއްދަ ލިބިގެންވާކަން ހާމަ ކޮށްދިނުމަށް ނިކަން އަހަރެމެންނަށް މުޢުޖިޒާތެއް ދައްކަބަލަ!“
19 އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”ކަލޭމެން މި ބައިތުލް މަޤްދިސް ހަލާކުކޮށް ބިމާ ހަމަކޮށްލަބަލަ! ތިން ދުވަސް ތެރޭގައި އަހަރެން މިތަން އިމާރާތް ކުރާނަން!“ 20 ބަނީއިސްރާއީލުގެ ވެރިން ޖަވާބުގައި ބުންޏެވެ. ”މި ބައިތުލް މަޤްދިސް ބިނާކުރުމަށް ސާޅީސް ހަ އަހަރު ނެގި. އެކަމު ކަލޭ ތި ބުނަނީ ކަލެއަށް މިތަން ތިން ދުވަހުގެ ތެރޭގައި ބިނާކުރެވިދާނެއޭތަ؟“ 21 ނަމަވެސް އީސާގެފާނު ބައިތުލް މަޤްދިސް އޭ ވިދާޅުވެ ނިސްބަތް ކުރެއްވީ އެކަލޭގެފާނުގެ އަމިއްލަ ހަށިކޮޅަށެވެ. 22 އީސާގެފާނު އަވަހާރަ ވުމަށް ފަހު އަލުން ދިރިދުނިޔެއަށް ވަޑައިގެންނެވި ހިނދު އެކަލޭގެފާނުގެ އަސްޙާބީން މިބަސްފުޅުތަކުގެ މަތިން ހަނދާން ވިއެވެ. ދެން އެމީހުން ބާވައިލެއްވުނު ފޮތްތަކުގައި މިކަންތަކާއި މެދު ލިޔެވިގެންވީ ކަންތައްތަކާއި އަދި އީސާގެފާނުގެ ބަސްފުޅު ގަބޫލު ކުރިއެވެ.
މީސްތަކުންގެ ހިތުގެއަޑި އީސާގެފާނު ދެނެވަޑައިގެންވޭ
23 ފަހަނަޅައި ދިއުމުގެ ޢީދުގެ ދުވަސްވަރު އީސާގެފާނު ޖެރޫސަލަމުގައި ދެއްކެވި އެތައްއެތައް މުޢުޖިޒާތްތަކާއި އަޖައިބު ކުރުވަނިވި ކަންތައްތަކުގެ ސަބަބުން އެތައް ބަޔަކު އީސާގެފާނަކީ މާތްރަސްކަލާނގެ ޚާއްސަކުރައްވައި ފޮނުއްވާނެ ފަރާތް ކަމުގައިވާ އަލްމަސީޙު ކަން ގަބޫލު ކުރިއެވެ. 24 ނަމަވެސް އީސާގެފާނު އެމީހުންގެ ބަސްތައް ގަބޫލު ކުރައްވައި އިތުބާރެއް ނުކުރެއްވިއެވެ. އެއީ މީސްތަކުންގެ ހިތުގައިވާ ކަންތައްވެސް އެކަލޭގެފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާތީއެވެ. 25 އިންސާނުންގެ ގޮތްތައް އެއްވެސް މީހަކު އެކަލޭގެފާނަށް ބުނެދޭކަށް ނުޖެހޭނެ އެވެ. އެހެނީ އިންސާނުންގެ ހުރިހާ ސިފަތަކެއް އެކަލޭގެފާނަށް ފުރިހަމަޔަށް އެނގިވަޑައިގެންވިއެވެ.

2‏:2 އަސްޙާބީން: އަރަބި ބަހުން މި ލަފުޒުގެ މާނައަކީ ދަސްކޮށްދެވިފައި ވާ ފަދައިން ކަންކުރާ މީހާ އެވެ. ނުވަތަ އަބަދުމެ އެކުގައިވާ މީހާއެވެ. ރަސޫލުބޭކަލުންނާއި ނަބީބޭކަލުންނަށް ތަބާވެ އެބޭކަލުން އަންގަވައި ދަސްފުޅު ކޮށްދެއްވާފައިވާ ފަދައިން ކަންކުރާ މީހުންނަށް ވެސް އަސްޙާބީންނޭ ކިޔެއެވެ. އަދި އެދުރަކުގެ ކިބައިން ކަންތައްތައް ދަސްކޮށް އެ ދަސް ކުރި ގޮތަށް ކަންތައް ކުރާ މީހުންނަށް ވެސް އަރަބި ބަހުން ”އަސްޙާބީ“ މިލަފުޒު ބައެއްފަހަރު ބޭނުން ކުރެއެވެ. އީސާގެފާނުގެ އެތައް ބައިވަރު އަސްޙާބީންނެއް ވިއެވެ. އެކަލޭގެފާނު އެންގެވި ބަސްފުޅުތައް އަޑުއަހާ އެބަސްފުޅުތައް ޤަބޫލު ކުރި މީހުން ގެތެރޭގައި ފިރިހެނުންނާއި އަންހެނުން ހިމެނުނެވެ. އީސާގެފާނު ބާރަ މީހުން އެކަލޭގެފާނުގެ ޚާއްސަ އަސްޙާބީން ކަމުގައި އައްޔަން ކުރެއްވިއެވެ. އެކަލޭގެފާނު މީސްތަކުންގެ މެދުގައި މާތްރަސްކަލާނގެ އާއިމެދު ވާހަކަފުޅު ދައްކަވާ ދަސްކޮށްދެއްވަމުން ގެންދެވި އިރު އަބަދުމެ މިބާރަ އަސްޙާބީން އެކަލޭގެފާނުގެ އަރިހުގައި ވިއެވެ. އަދި މީގެ އިތުރުންވެސް އެތައް ހާސް ބަޔަކު އީސާގެފާނަށް އީމާންވެ އެކަލޭގެފާނުގެ ބަސްފުޅުތައް ޤަބޫލުކުރުމުގެ ސަބަބުން އެކަލޭގެފާނުގެ އަސްޙާބީން ކަމުގައި ވިއެވެ. ހަމަ އެފަދައިން މިއަދު ވެސް އީސާގެފާނުގެ ބަސްފުޅުތައް ޤަބޫލުކޮށް އެބަސްފުޅުތަކާއި އެއްގޮތަށް އަމަލުކޮށް އެބަސްފުޅުތަކަށް އީމާންވާ ކޮންމެ މީހަކީވެސް އީސާގެފާނުގެ އަސްޙާބީއެއް ކަމުގައި ހިމެނޭނެ އެވެ. އަދި އެކަލޭގެފާނުގެ ކޮންމެ އަސްޙާބީއަކުމެ އެކަލޭގެފާނާއި ބެހޭ އުފާވެރި ޚަބަރުފުޅު އެހެން މީހުންނަށް އަންގައި ދޭން ޖެހޭނެއެވެ.

*2‏:3 މޭބިސްކަދުރުގެ ދިޔަ އަކީ އެޒަމާނުގައި މީހުން އާދަވެ ބޮއި އުޅޭ ބުއިމެކެވެ. މިބުއިމަށް އިނގިރޭސި ބަހުން ކިޔެނީ ”ވައިން“ އެވެ. މިއީ މޭބިސްކަދުރުގެ ދިޔަ ހުތްކޮށްގެން ހެދޭ ބުއިމެކެވެ.

2‏:13 ފަހަނަޅައި ދިއުމުގެ ޢީދު: މިއީ ބަނީއިސްރާއީލުގެ މީހުން މިޞްރުގައި ވެފައިވާ އަޅުވެތިކަމުން މާތްރަސްކަލާނގެ އެމީހުން މިންޖުކޮށްދެއްވި މުނާސަބާ ފާހަގަ ކޮށް އެކަންތަކުގެ ހަނދާން އާކުރުމަށްޓަކާ ފާހަގަކުރެވޭ ޢީދެކެވެ. މިޢީދުގައި ކުރެވޭ އެންމެ މުހިންމު އެއްކަމަކީ އެޢީދުގައި ކޮންމެ އާއިލާއަކުން ވެސް ޤުރުބާނެއްގެ ގޮތުގައި ކަތިލެވޭ ޅަ ކަންބަޅި ބަކަރި ކަތިލެވޭ ކަތިލެވުމެވެ. މީގެ މަސް ފިހުމަށް ފަހު އެއާއެކު އެޢީދުގައި އެމީހުން ކަނީ ކަމީރު ނުލާ ފިހެވިފައިވާ ބޯރޮއްޓާއި އަދި ހިތި ފަތްޕިލާވެލީގެ ބާވަތްތަކެކެވެ. މިޢީދުގައި ކަންބަޅި ބަކަރި ކަތިލެވޭ ސަބަބަކީ އެމީހުން މިޞްރުގައި އަޅުވެތިވެފައި ވީ ހިނދު މޫސާގެފާނު މިޞްރުގެ ރަސްގެފާނަށް އެތަކެއް ފަހަރު ދެންނެވުމުން ވެސް އެމީހުން މިނިވަން ކޮށްނުދިނުމުން މާތްރަސްކަލާނގެ މިޞްރުގެ މައްޗަށް ކޯފާއެއް ފޮނުއްވިއެވެ. އެއީ މާތްރަސްކަލާނގެ މަރުގެ މަލާއިކަތާ ފޮނުއްވާ އެޤައުމުގެ އެންމެހާ މީސްތަކުންގެ އެންމެ ދޮށީފިރިހެން ދަރިފުޅުގެ ފުރާނަ ގެންދެވުމެވެ. އެފަދައިން ކަންހިނގި ރޭގެ ކުރިން މޫސާގެފާނު މެދުވެރިކޮށް އެމީހުންނަށް މާތްރަސްކަލާނގެ އެންގެވީ ކަނބަޅިބަކަރި އެއް ޤުރުބާންކޮށް އޭގެ ލޭ އެގެއެއްގެ ދޮރުގައި ހޭކިފައިވާ ގެއަކަށް މަރުގެމަލާއިކަތާ ނުފޮނުއްވޭނެ ކަމުގައެވެ. އަދި ހިތިރަހަލާ ފަތްޕިލާވެލި އެޢީދުގައި ބޭނުން ކުރެވެނީ އަޅުވެތިކަމުގެ ދުވަސްތަކުގެ ހިތާމަތަކާއި ވޭން ހަނދާން ކުރުމަށްޓަކައެވެ. އަދި މާތްރަސްކަލާނގެ ކިބަފުޅަށް އަބަދުގެ އަބަދަށް ޝުކުރުކޮށް ކިޔަމަން ވުމަށް ހަނދާން ކުރުމަށްޓަކައެވެ. ބަނީއިސްރާއީލުގެ މީހުން މިޢީދު ފާހަގަކުރަނީ އެމީހުން މިޞްރުގައި އަޅުވެތިވެފައިވީ އަޅުވެތިވުމުން މާތްރަސްކަލާނގެ އެމީހުން ސަލާމަތްކޮށް ދެއްވި ކޮށްދެއްވުން އަބަދުގެ އަބަދަށް ހަދާންކޮށް އެކަން ފާހަގަކުރުމަށްޓަކައެވެ. މިޢީދަށް ހިބުރޫ ބަހުން ކިޔެނީ ޕަސާޙް އެވެ.

2‏:14 ބައިތުލް މަޤްދިސް: މިއީ ޖެރޫސަލަމުގައިވީ ބަނީއިސްރާއީލުންގެ މުހިންމު ހަރަމްފުޅެވެ. މިހަރަމްފުޅުބައި ކުރެވިފައި ވަނީ ހަތަރު ބަޔަކަށެވެ. އެންމެ ބޭރަށް ވާ ބަޔަކީ އެންމެންނަށް ވަނުމަށް ހުއްދަ އޮންނަ ބަޔެވެ. މިބަޔަށް ބަނީއިސްރާއީލު މީހުން ފިޔަވާ އެހެން މީހުންނަށް ވެސް ވަނުން ހުއްދައެވެ. އެއާއި ޖެހިގެން އެތެރެއަށް އޮންނަ ބަޔަކީ ޚާއްސަކޮށް އަންހެނުން އަޅުކަން ކުރުމަށް އޮންނަބަޔެވެ. ދެން އެއާ ޖެހިގެން އެތެރެއަށް އޮންނަ ބަޔަކީ ފިރިހެނުންގެ ބަޔެވެ. ދެން އޭގެ އެތެރެއަށް އޮންނަ ބަޔަކީ އިމާމުންގެ ބަޔެވެ. މިހަތަރު ބައިގެ މެދުގައި ވަނީ ހަރަމް ފުޅުގެ އެންމެ މާތް ތަނެވެ. އެތަނަށް ވަނުން ހުއްދަ އޮންނަނީ ހަމައެކަނި އުއްތަމަ އިމާމަށެވެ. އެއީ ވެސް އަހަރަކު އެއްފަހަރު ޚާއްސަ އަޅުކަމެއް ކުރުމަށްޓަކައެވެ.

2‏:17 ޒަބޫރުގެ 69 ވަނަ ބާބުގެ 9 ވަނަ އާޔަތް.